twitterviber whatsapp telegramfacebookyoutube instagram
4th February 2026

ސްޕައިޑަރ މޭން: ނޯވޭ ހޯމްގެ ޓްރެއިލާ ދައްކާލައިފި

ޚަދީޖާ އާދަމް
Aug 24, 2021

ދިގު އިންތިޒާރަކަށްފަހު ސްޕައިޑަރ މޭން: ނޯވޭ ހޯމްގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ސްޕައިޑަރ މޭން އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ އެއްތަށްކަމެއް ފެނިގެންދާނެކަން ޓްރެއިލާ ބަލާލުމުންވެސް އެނގެއެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި ސްޕައިޑަރ މޭން: ފާރ ފްރޮމް ހޯމްގެ ވިލަން މިސްޓީރިއޯ މަރާލުމުގެ ތުހުމަތުގައި ޕީޓާ ހައްޔަރުކުރެއެވެ. އަދި އެއީ ސްޕައިޑަރ މޭންކަން އެންމެނަށް އެނގެއެވެ. އެކަމާއި ގުޅިގެން އެކުވެރިންނާއި އާއިލާއަށް ދިމާވާކަންކަމުން އެމީހުން ސަލާމަތްކުރުމަށް ޕީޓާ ޑރ ސްޓްރޭންޖުގެ އެހީ ހޯދައެވެ.

ޕީޓާ ޑރ ސްޓްރޭންޖުގެ ކިބައިން އެދެނީ އޭނާއަކީ ސްޕައިޑަ މޭންކަން އެންމެން ހަނދާން ނެތޭފަދަ ސްޕެލް އެއް ހެދުމަށެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު 17 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355