twitterviber whatsapp telegramfacebookyoutube instagram
10th December 2025

މިމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަށްވުރެ މައްޗަށް

ޚަދީޖާ އާދަމް
Aug 24, 2021

މި އޮގަސްޓްމަހު އެއްވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް މިމަހު 101،374 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރާފައިވާއިރު ދުވާލަކު އެވްރެޖް ގޮތެއްގައި ރާއްޖެއަށް 4،827 ފަތުރުވެރިން އާދެއެވެ.

އޮގަސްޓު މަހަކީ މިއަހަރު ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ތިން ވަނަ މަހެވެ. މީގެ ކުރިން މާޗު އަދި ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. އެގޮތުން މާޗު މަހު 109,585 ފަތުރުވެރިން އައިސްފައިވާއިރު ޖުލައި މަހު ވަނީ 101,818 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ފަތުރުވެރިން އާންމުކޮށް 9 ދުވަސް ރާއްޖޭގައި ހޭދަކުރާއިރު، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 50,064 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355