twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ދެ އަހަރުވާން އުޅެނިކޮށް އިންސިނެރޭޓަރު ކުޅުދުއްފުއްޓަށް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Aug 24, 2021
5

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ފޮނުވަން ހަވާލުކުރި އިންސިނެރޭޓަރު ދެ އަހަރުވާން އުޅެނިކޮށް ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އިންސިނެރޭޓަރެއް ފޮނުވަން ނިންމާ އެކަން ހާމަކުރެއްވީ އޭރުގެ އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު، ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި 2019 އަހަރުގައި އެވެ. އެއަށްފަހު ކުޅުދުއްފުށި ހިމެނޭގޮތަށް ފުވައްމުލަކާއި މާފުއްޓަށް އިންސިނެރޭޓަރު ގެނެސް ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ މެކްސްޓާ މޯލްޑިވްސްއާ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.

މިނިސްޓަރު އޭރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން 119 ދުވަސްތެރޭގައި ކުޅުދުއްފުއްޓަށް އިންސިނެރޭޓަރު ގެނެސް އިންސްޓޯލްކުރެވިގެންދާނެ ކަމަށެވެ. އެކަމަކު ކުޅުދުއްފުއްޓަށް އިންސިނެރޭޓަރު ގެނެސްފައިވަނީ މިހަފްތާ އާދިއްތަ ދުވަހު އެވެ. ދުވާލަކު ހަތަރު ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ހުރި މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މިނިސްޓަރު ހުސެއިން އޭރު ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ފޮނުވާނީ ވަރަށް ޒަމާނީ ފެންވަރުގެ އިންސިނަރޭޓަރެއް ކަމަށާއި އެ މެޝިން ބެހެއްޓުމަށް ބޭނުންވާ ތަން ހެދުމާއި ބޭނުން ކުރަން މުވައްޒަފުންނަށް ތަމްރީންވެސް މިނިސްޓްރީން ދޭނެ ކަމަށެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެކަން ހައްލުކުރުމަށް ވެމްކޯގެ ޓީމެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންދާއިރު ކައުންސިލުން އެދިފައިވަނީ ކުނި މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކޮށްދިނުމަށެވެ. ރައީސް ސޯލިހަށް އެ މައްސަލަ މޭޔަރު ހުށަހަޅާފައިވާއިރު އެކަމުގައި އެދެވޭ ޖަވާބެއް ރައީސް ދެއްވިކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355