ރަނގަޅު ސިއްހަތެއްގައި ހުރުމަށާއި ހަށިގަނޑު ހައިޑްރޭޓް ކޮށްބެހެއްޓުމަށް ހޫނުފެން ނުވަތަ ފިނިފެން ކަމުގައިވިޔަސް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ހަޖަމުކުރުމަށް ފައްސޭހަވެ އެވެ. ނޭވާލާ ނިޒާމު ސާފުވެ، ލުއިވެ އަދި ހާސްކަމާއި ދުރުކޮށްދެ އެވެ.
ހޫނުފެނުގެ ފައިދާ ބޮޑަށް އެނގިފައި އޮންނަނީ މީހުން ބުނެފައިވާ ބުނުމުގެ މައްޗަށް ބިނާކޮށް ކޮންމެސްވަރެއްގެ ސައިންޓިފިކް ރިސާޗެއްވެސް އޭގައި އެކުލެވިގެންވާ ގޮތަށެވެ. އެ ރިޕޯޓްތަކުގައި ބުނާގޮތުން މި ބުއިމުގައި ވަރަށް ގިނަފައިދާ ހުރެއެވެ. ހާއްސަކޮށް ހެނދުނު ހުސްބަނޑާ ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން ބުއިމުންނެވެ.
ލަފާދޭގޮތުގައި ހޫނު ބުއިންތަށް ބޭނުންކުރުމަށް އެންމެ ރަނގަޅީ 130-160 ފްރިންހައިޓްސް ދެމެދު އެވެ. މިއަށްވުރެން ހޫނު ގަދަނަމަ ފިހިދާނެތީ އެވެ.
އިތުރު ސިއްހީ ފައިދާއެއްގެ ގޮތުން ވިޓަމިން ސީގެ ގޮތިގައި ހޫނުފެނަށް ލުނބޯހުތް އަޅައިގެންވެސް ބޭނުން ކުރެވިދާނެ އެވެ.
ހޫނުފެނުން ލިބޭ 10 ފައިދާ އަކަށް މި ލިއުމުގައި އަލިއަޅުވާލާނަމެވެ.
އާވި އަރަ އަރާ ހުންނަ ފެން ޖޯޑަކުން އަރާ އާވީގެ ސަބަބުން ބެދިފައިވާ ނޭވާ ހޮޅި ސާފުވާގޮތްވެ އެވެ. އަދި ސައިނަސްގެ ސަބަބުން ކުރިމަތިވާ ބޮލުގަރިހުމަށްވެސް ލުއި ލިބެ އެވެ.
ސައިނަސްއާ ކަރުތެރޭގެ ހޮޅި އެތެރެ ފަށަލައަކީ އަރިދަފުސް އެކުލެވޭ ފަށަލައެއްކަމުން ހޫނުފެން ބުއިމުގެ ސަބަބުން ކަރުތެރޭގައިވާ އަރިދަފުން ނެތި ކަރުތެރެ ސާފުވެއެވެ.
2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހޫނު ސައި ފަދަ ބުއިންތަކުގެ ސަބަބުން އަރިދަފުސް ރޯގާ، ކަރުގައި ރިއްސުން، ކެއްސުން އަދި ވަރުބަލިވުން ކަހަލަ ކަންކަމަށް ވަރަށް އަވަހަށް ލުއި ލިބެއެވެ.
ރޫމް ޓެމްޕަރޭޗާރގައި ހުންނަ ބުއިންތަކަށްވުރެ ހޫނު ބުއިންތަކުން ހަށިގަނޑަށްމާ ބޮޑަށް ފައިދާ ކުރެ އެވެ.
ފެނަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ކާއެއްޗެހި ދައުރު ކުމަށް އެހީތެރިވާ އެއްޗެކެވެ. މި ނިޒާމުގައި ރަނގަޅަށް ފެންދައުރުވާނަމަ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކުރުމަށް އިތުރު ބާރެއް ލިބިގެންދެއެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި އާދައިގެ ފެނަށްވުރެން ތާފަނާ ފެން ބުއިމުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތް ފުރިހަމަވެ އެވެ.
ހޫނުފެނުގެ ނަޒަރިއްޔާތަށް ބަލާއިރު ހޫނުކޮށް ފެން ބުއިމުން، ގޮހޮރުގައި ހަޖަމު ނުވެ ހުންނަ ކާތަކެތީ ހަރުމިން މަޑުކޮށްލަދީ ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ އުނދަގޫތަކަށް ލުޔެއް ލިބިގެންދާނެއެވެ.
ފިނިފެން ނޫނީ ހޫނުފެން ކަމުގައިވިޔަސް ފެނަކީ ހަށިގަނޑަށް ބޭނުންވާވަރަށް ނުލިބިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށާއި ނާރުތަކަށް ކުރާކަމެކެވެ. މިގޮތުން އެކަށީގެންވާ ވަރަށް ފެން ނުބޯނަމަ މޫޑަށް ބަދަލުއައިސް ސިކުނޑީގެ މަސައްކަތައް އަސަރުކުރެ އެވެ. 2019 ވަނަ އަހަރު ހެދި ދިރާސާއަކުން ބުނާގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ހެޔޮބަދަލުއައިސް މީހާގެ މޫޑު ރަނގަޅުވެ އެވެ. މި ދިރާސާ ބުނާގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ސިކުނޑި އިންސާނާ ބޭނުންވާ ކަމަކަށް މަގުފަހިކޮށްދީ މީހާގެ ބޯ ހާސްކަން ކުޑަ ކޮށްދެއެވެ.
ހަށިގަނޑުން ފެންމަދުވުމަކީ ބަނޑުހަރުވެ ބޮޑުކަމުދިއުމަށް އުނދަގޫވާ އެންމެ މައިގަނޑު އެއް ސަބަބެވެ. އެހެން ކަމުން ގަވައިދުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބުއިމަކީ ބޮޑުކަމުދާ ތަކެތި ހަރުނުވެ ބޭރުކުރުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ. އަދި ހާއްސަކޮށް ގަވައިދުން ހޫނުފެން ބުއިމުކީ ހަޖަމުކުރުމުގެ ނިޒާމުގެ ދައުރު އެއްގޮތަކަށް އެއްހަމައެއްގައި ބެހެއްޓުމަށް އިތުރު ބާރެއްލިއްބައިދޭ ކަމެކެވެ.
އިންސްޓިޓިއުޓް އޮފް މެޑިސިންއާއި ހަވާލާދީ އިތުބާރު ހިފޭ މައުލޫމާތު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އަންހެނަކަށް 2.3 ލީޓަރުގެ ފެން، ފިރިހެނަކަށް 3.3 ލީޓަރުގެ ފެން ބޭނުން ކުރެވެ އެވެ. އޭގެ ތެރޭގައި ކާނާގެ ގޮތުގައި ބޭނުންކުރާ މޭވާއާއި ތަރުކާރީ ނުވަތަ ވިރިގެންދާފަދަ ކޮންމެވެސް އެއްޗަކުން ހަށިގަނޑަށް ލިއްބައިދޭ ފެން ހިމެނެ އެވެ.
ތިމާއަކީ މާބަނޑު މީހެއް، ގާތުން ކިރުދޭ މަޔެއް، ބުރަ މަސައްކަތުގައި އުޅޭ މީހެއް ނުވަތަ ހޫނުގަދަ މާހައުލެއްގައި މަސައްކަތް ކުރާ މީހެއް ނަމަ ހަށިގަނޑަށް ގިނމައިން ފެން ބޭނުންވެ އެވެ.
ކޮންމެ ދުވަހެއްވެސް ފެށުމަކަށް ހޫނުފެން ބޭނުންކޮއްލުމަށްފަހު، އެނޫން އެހެން ކަހަލަ ފެނަކުން ދުވަސް ނިންމާލުން މުހިންމެވެ.
2017 ވަނަ އަހަރުގެ ދިރާސާއަކުން ބުނާ ގޮތުގައި ހަށިގަނޑު ފިނިވުމުން އޭގެ ޒާތުގައި ތުރުތުރު އަޅާ ކަންތަށްވީ ނަމަވެސް ތަފާތު ދިޔާތަކެތި ބޭނުންކުރުމުން ހީކެރުވުމާއި ތުރުތުރު އެޅުން ކުޑަކޮށްދެ އެވެ.
ދިރާސާއިން ދެއްކި ގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ފިނި ހޫނުމިން ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ލުއިވެގެން ދިޔަ އެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބުއިމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދެ އެވެ. ރަނގަޅަށް ލޭ ދައުރުވާނަމަ ލޭމައްޗަށް ދިއުން، ހިތުގެ ބަލިތައްޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ތާފަނާ ފެނުން ފެންވެރުމުން ލޭދައުރުކޮށްދޭ، ހިތުގެ ހޮޅިތަކާއި ނާރުތައް ފުޅާވެ ލޭ ދައުރުވުމަށް ފައްސޭހަވެގެންދެ އެވެ.
މީގެ އިތުރުންވެސް ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެނުން ފެންވެރުމަކީ ހަށިގަނޑު ހަމަޖެހި، އާރާމުކޮށް ނިދުމަށް ލިބޭ އެހީއެކެވެ.
ހަށިގަނޑަށް އެކަށީގެންވާވަރަށް ފެންބުއިމުގެ ސަބަބުން ސިކުނޑިއާއި މައިބަދައިގެ ނާރުތަކުގެ މަސައްކަތަށް ރަނގަޅުވެ ހާސްކަމާއި ނުތަނަވަސްކަން ފިލައިގެން ދިއުމަށް އެހީތެރިވެދެ އެވެ.
2014ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުންގައި އެކަށީގެންވާ ވަރަށް ފެން ނުބުއިމުގެ ސަބަބުން ނުތަނަވަސްކަން އިހުސާސްވެ، ހިތްހަމަ ނުޖެހުމާއި ވިސްނުމަށްވެސް ބަދަލު އާދެ އެވެ.
ހޫނުފެންވިޔަސް އާދައިގެ ފެންވިޔަސް ގިނައިން ބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ވިހަމާއްދާތަކުން ކިޑްނީ ސަލާމަތްކުރުމަށް އެހީތެރިވެދެ އެވެ. ގިނައިން ފެންބުއިމުން ހަށިގަނޑުގައި އުފެދޭ ވިހަމާއްދާތަށް ދަލުގެ ސިފައިގަ ނޫންނަމަ ކުޑަކަމުދާ ތަކެތީގެ ޒަރިއްޔާއިން ނަމަވެސް ބޭރުކުރުމަށް އެހީތެރިވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވުމަށް އެހީތެރިވެ އެވެ.
ގިނައިން ފެންބުއިމުގެ ސަބަބުން ކާއެއްޗެހި ދަތުރުކުރާ ހޮޅި އަކްލޭޒިއާގެ އަލާމާތްތަކުން ދުރުކޮށްދޭ ކަމެކެވެ. އަކްލޭޒިއާ އަކީ ކާއެއްޗެހި ދަތުރުކުރާ ހޮޅިންގެ ނާރުތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކާއެއްޗެހި ދަތުރުކުރުމަށް އުނދަގޫވުމެވެ.
އަކްލޭޒިއާ ޖެހިފައިވާނަމަ ކާއެއްޗެހި ދިރުވަން އުނދަގޫވެ އެވެ. އަދި ކާއެއްޗެހި ހޮޅިތެރޭގައި ތާށިވެފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވެ އެވެ. އެއައް ކިޔާނީ ޑިސްފޭޖިއާ އެވެ.