twitterviber whatsapp telegramfacebookyoutube instagram
29th August 2026

ރަށުތެރޭގައި ރޯގާ ބާރުވެ ނޮޅިވަރަމް ޕްރީ ސްކޫލުގެ ކިޔެވުން ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Aug 26, 2021

ރަށުތެރޭގައި ރޯގާ ބާރުވުމުގެ ސަބަބުން ހދ. ނޮޅިވަރަމް ކައުންސިލުން ހިންގާ އެރަށު ޕްރީ ސްކޫލުގެ ކިޔެވުން ބަންދުކޮށްފި އެވެ.

ނޮޅިވަރަމް ކައުންސިލް އިދާރާއިން ބުނީ މިދުވަސްވަރު ހުންއައިސް ރޯގާޖެހި ކެއްސާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ޑޮކްޓަރަށް ދައްކާ ނިސްބަތް އިތުރުވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވާތީއާއި އެ ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ރަށު ޕްރީ ސްކޫލުގެ ކިޔެވުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އެއިދާރާއިން ބުނީ ކިޔެވުން މެދުކަނޑާލަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތައް ކަމުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައުންޑޭޝަން ސްޓޭޖްގެ ކުލާސްތަކަށްވެސް މިއަދުވެސް ހާޒިރުވެފައިވަނީ ބައެއް ކުލާތަކަށް އެންމެ 5 ކުދިން ކަމަށެވެ. އަދި 22 ކުދިން ތިބޭކުލާހަކުން ވެސް 11 ކުދިން ހާޒިރުވެފައި ނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355