twitterviber whatsapp telegramfacebookyoutube instagram
20th March 2026

ގޭސްލައިޓްގައި ވިކްރާންތާއެކު ސާރާ

ޚަދީޖާ އާދަމް
Aug 28, 2021

ކާމިޔާބު ޑައިރެކްޓަރު ޕަވަން ކްރިޕްލާނީގެ ކުރިއަށް އޮތް ޕްރޮޖެކްޓް ގޭސްލައިންގައި ފެނިގެންދާނީ ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ވިކްރާންތު މަސީ އަދި ސާރާ އަލީ ޚާން އެވެ.

މި ފިލްމުގައި ވިކްރާންތާއި ސާރާގެ އިތުރުން އެހެން މަޝްހޫރު ފަންނާނެ ވެސް ފެންނާނެ ކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީކޮން ފަންނާނެކަމެއް އެ ފިލްމުގެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހު 5 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މިއީ ވަރަށް ތަފާތު ކޮންސެޕްޓަކަށް އުފައްދާ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑިއުޝަރުން މައުލޫމާތު ދެއެވެ.

ވިކްރާންތު އެންމެ ފަހުން ފެނިގެން ދިޔައީ ތާޕްސީއާއެކު "ހަސީން ދިލްރުބާ" އިންނެވެ. ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރު އާއެކު "އަތުރަންގީ ރޭ" އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355