twitterviber whatsapp telegramfacebookyoutube instagram
29th November 2026

ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ ނޮޅިވަރަމް މޮނިޓަރިންނަން ލައިފި

ނަބީލާ އިސްމާޢީލް
Aug 28, 2021
1

ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހދ. ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ނޮޅިވަރަމް ހެލްތް ސެންޓަރުންގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޭތުވެދިޔަ 3 ދުވަހު ބަލީގެ އަލާމާތްތަށް ހުރެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކި މީހުންގެ ތެރެއިން ނެގި 20 ސާމްޕަލުން 13 ސާމްޕަލް ނެގެޓިވްވެފައިވާއިރު 7 ސާމްޕަލް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ޝާފިއު ވިދާޅުވީ މީގެތެރޭގައި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންވެސް ހިމެނޭ ކަމަށެވެ. އަދި މި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ނޮޅިވަރަމްގައި ހަލުވިކަމާއި އެކު ރޯގާ ފެތުރެމުންދާރީ އެރަށު ކައުންސިލުން ހިންގަމުންއަންނަ ޕްރީ ސްކޫލުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފަ އެވެ.

އިއްޔެވަނީ ށ. ކަނޑިތީމް ސްކޫލުގެ ދަރިވަރަކު ޕޮޒިޓިވްވެ އެ ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293