twitterviber whatsapp telegramfacebookyoutube instagram
18th May 2024

ސިޓީ އަތުން ބަލިވެ 67 އަހަރު ފަހަތަށް، އާސެނަލް ބޮޑު ލަދެއްގައި ބެދިއްޖެ

މުޙައްމަދު އަހުމަދު
Aug 29, 2021

އިއްޔެ ޕްރިމިއާ ލީގުގައި މެންޗެސްޓާރ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗުން 5 - 0 ގެ ބޮޑު ތަފާތަކުން ސިޓީން ކާމިޔާބުކޮށް ވޭތުވެދިޔަ 67 އަހަރު ނުދާހާ ގޯހުން އާސެނަލް ފެށުން ގޮސްފި އެވެ.

އާސެނަލް ކުޅުނު ފުރަތަމަ މެޗުން ހަތްދިހަ ހަތަރު އަހަރު ފަހުން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން ވަނީ 2 - 0 ން ބަލިވެފަ އެވެ. ދެވަނަ މެޗުގައި އާސެނަލްގެ ދަނޑުގައި ޗެލްސީން ވަނީ އެޓީމު 2 - 0 ން ބަލިކޮށްފަ އެވެ. އަދި އިއްޔެ ސިޓީ އަތުން 5-0 އިން ބަލިވެފައިވާއިރު އާސެނަލް ވަނީ ލީގުގެ އެންމެ ފުލަށް ވެއްޓިފަ އެވެ.

މެޗުގައި އެންމެ ފުރަތަމަ ސިޓީއަށް ލީޑު ނަގައިދިނީ މެޗުގެ 7 ވަނަ މިނެޓުގައި އެޓީމުގެ އިލްކޭ ގުންޑޮގަން އެވެ. އޭގެ 4 ވަރަކަށް މިނެޓަށްފަހު އަނެއްކާވެސް ފެރާން ޓޮރޭޒްގެ ލަނޑުން އާސެނަލް ވަނީ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 35 ވަަނަ މިނިޓްގައި ސިޓީގެ ޔާއޯ ކަންސޭލޯ އަށް ކުރި ނުރައްކާތެރި ފައުލަކަށް އާސެނަލްގެ ގްރޭނިޓް ޝަކާ އަށް ރަތް ކާޑު ދެއްކުމުން އެޓީމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ޝަކާއަށް ދެއްކި ރަތްކާޑުގެ ފައިދާނަގައި ސިޓީން ފުރަތަމަ ހާފު ނިމުމުގެ އިތުރު ލަނޑެއް ޖެހި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖެކް ގްރީލިޝްގެ އެސިސްޓަކުން ގަބްރިއެލް ޖީސޫސް އެވެ.

ދެ ވަނަ ހާފްގެ ފެށިގެން ހަތް މިނިޓް ތެރޭ ސިޓީން ވަނީ އިތުރަށް ލީޑު ފުޅާކޮށްފަ އެވެ. އެޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ޓޮރޭޒް ދިން ބޯޅައަކުން އޭރިއާބޭރުން ރޮޑްރީ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ރިޔާދު މަހްރޭޒް ނަގައިދިން ހުރަހަކުން ޓޮރޭޒް ވަނީ ސިޓީގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ.

ސިޓީ އަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައިވާއިރު އެންމ ޕޮއިންޓެއްވެސް ނުލިބި އާސެނަލް އޮތީ ލީގުގެ އެންމެ ފުލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355