twitterviber whatsapp telegramfacebookyoutube instagram
29th July 2026

އުރީދޫގެ ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބެނީ

ނަބީލާ އިސްމާޢީލް
Aug 29, 2021

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.

ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން 20 ޖީބީ 399 ރުފިޔާއަށް، 50 ޖީބީ 699 ރުފިޔާއަށް، 60 ޖީބީ 799 ރުފިޔާއަށް، 120 ޖީބީ 1099 ރުފިޔާއަށް، 180 ޖީބީ 1549 ރުފިޔާއަށް އަދި 500 ޖީބީ 3549 ރުފިޔާއަށް ލިބެން ހުރެއެވެ.

އެހެންކަމުން އާ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 20 ޖީބީގެ ޕެކޭޖެއް ނެގުމުން އިތުރު 10 ޖީބީ ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން އެ ޕެކޭޖް ހުސްވުމުން 100 ރުފިޔާއަށް ހަތް ޖީބީ ގަނެވޭނެއެވެ.

އުރީދު ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355