twitterviber whatsapp telegramfacebookyoutube instagram
29th August 2026

އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކްލާސްރޫމްތަކެއް އަޅައިދީފި

ނަބީލާ އިސްމާޢީލް
Aug 29, 2021

އިންޑިއާ ސަރުކާރުގެ އެހީގައި ދެ ރަށެއްގެ ސްކޫލުގައި ކްލާސް ރޫމްތަކެއް އަޅައިދީފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކްލާސްރޫމް އަޅާފައި ވަނީ ނ. ޅޮއްސާއި އަދި ރ. ކިނޮޅޮހު ސްކޫލްގަ އެވެ. މި މަސައްކަތް ނިންމުމަށް ފަހު މިއަދު ވަނީ އެކަން ފާހަގަ ކުރުމަށް ފަތުހުﷲ ޖަމީލް ބިލްޑިންގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވަނީ ބައިވެރިވެވަޑައިގެންނެވި އިރު އެޑިއުކޭޝަން މިނިސްޓަރު އާއިޝަތުއަލީވެސް ވަނީ ވާޗުއަލްކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

12 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ސްކޫލެއްގައިވެސް 6 ކްލާމްރޫމާއި ފާހާނާ ބްލޮކެއް ވަނީ އަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355