twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިތުރު 4 ސާމްޕަލް ޕޮޒިޓިވްވެ ނޮޅިވަރަމްގެ އަދަދު 11 އަށް

ޚަދީޖާ އާދަމް
Aug 30, 2021
1

އިތުރު 4 ސާމްޕަލް ޕޮޒިޓިވްވެ ހދ ނޮޅިވަރަމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި އެވެ. ފްލޫ އޯޕީޑީއަށް ދެއްކި 7 ފަރާތެއްގެ ސާމްޕަލް ޕޮޒިތިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އިއްޔެ ނެގި 14 ސާމްޕަލްއަކީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުންގެ ސާމްޕަލްކަމަށާއި އެތަނުން ޕޮޒިޓިވެފައިވަނީ 2 ކުޑަކުދިންނާއި ބޮޑު 2 މީހުންކަމަށް ކޭއޯއަށް މައުލޫމާތު ދެމުން ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިއާ ޝާފިއު މުހައްމަދު ވިދާޅުވިއެވެ.

ކޭއޯއަށް މައުލޫމަތު ދެމުން ޝާފިއު ވިދާޅުވީ ޕޮޒިޓިވްވި ފަރާތްތަކާއި ގުޅުންހުރި އިތުރު 108 ފަރާތްތެއްގެ ސާމްޕަލް ޓެސްޓް ކުރުމަށް ފޮނުވާފައިވާކަމަށެވެ. ޝާފިއު ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވި 7 ފަރާތަކީވެސް އަލާމާތްތައް ހުރެގެން ފްލޫ އޯޕީޑީއަށް ދެއްކި މީހުންކަމަށާއި މިހާރުވެސް ރޯގާގެ އަލާމަތް ހުރެގެން ގިނަބަޔަކު ފްލޫ އޯޕީޑީއަށް ދައްކަމުން ދާކަމަށެވެ.

އެރަށު ކައުންސިލުންވެސް ވަނީ އެއްވެސް އަލާމާތެއް ފެންނަނަމަ ސިއްހީ މަރުކަޒަށް ދެއްކުމަށް ނުވަތަ ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މި ކޭސްތަކާއި ގުޅިގެން އެރަށުން 29 ގެއެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ރަށުތެރޭގައިވެސް ހާއްސަ ފިޔަވަޅުތައް އަޅާފައިވާއިރު ރޭގަނޑު 09:00 ން ފަތިހު 04:00 ދަނީ ކާފިއު ހިންގަމުންނެވެ. އަދި ބޭރަށް ނުކުމެ އުޅެވޭނީ ޕޮލިސް ޕާމިޓް އޮވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355