twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅުން 12،000 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި

ޚަދީޖާ އާދަމް
Aug 30, 2021

ހދ އަތޮޅުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 12،298 އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އިއްޔެގެ ނިޔަލަށް ހދ އަތޮޅުން 15،998 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި ޖުމްލަ 28،296 މީހަކު ވެކްސިން ޖަހާފައިވާކަމަށެވެ.

ވަކިވަކި ރަށްތަކުން ވެކްސިންގެ ތަފްސީލް

- ކުޅުދުއްފުށި: ފުރަތަމަ ޑޯޒް: 7،121 މީހުން، ދެވަނަ ޑޯޒް: 5،077 މީހުން. ޖުމްލަ 12،198 މީހުން
- ހަނިމާދޫ: ފުރަތަމަ ޑޯޒް: 1،659 މީހުން، ދެވަނަ ޑޯޒް: 1،291 މީހުން. ޖުމްލަ 2،950 މީހުން
- ނޮޅިވަރަމް: ފުރަތަމަ ޑޯޒް: 1،441 މީހުން، ދެވަނަ ޑޯޒް: 1،051 މީހުން. ޖުމްލަ 2،492 މީހުން
- މަކުނުދޫ: ފުރަތަމަ ޑޯޒް: 965 މީހުން، ދެވަނަ ޑޯޒް: 766 މީހުން. ޖުމަލް 1،731 މީހުން
- ނޮޅިވަރަމްފަރު: ފުރަތަމަ ޑޯޒް: 850 މީހުން، ދެވަނަ ޑޯޒް: 706 މީހުން. ޖުމްލަ 1،556 މީހުން
- ނެއްލައިދޫ: ފުރަތަމަ ޑޯޒް: 767 މީހުން، ދެވަނަ ޑޯޒް: 783 މީހުން. ޖުމްލަ 1،550 މީހުން
- ކުމުންދޫ: ފުރަތަމަ ޑޯޒް: 733 މީހުން، ދެވަނަ ޑޯޒް: 637 މީހުން. ޖުމްލަ 1،370 މީހުން
- ވައިކަރަދޫ: ފުރަތަމަ ޑޯޒް: 636 މީހުން، ދެވަނަ ޑޯޒް: 509 މީހުން: ޖުމްލަ 1،145 މީހުން.
- ނޭކުރެންދޫ: ފުރަތަމަ ޑޯޒް: 492 މީހުން، ދެވަނަ ޑޯޒް: 345 މީހުން. ޖުމްލަ 837 މީހުން
- ކުރިނބި: ފުރަތަމަ ޑޯޒް: 418 މީހުން، ދެވަނަ ޑޯޒް: 706 މީހުން. ޖުމްލަ 764 މީހުން
- ނައިވާދޫ: ފުރަތަމަ ޑޯޒް: 333 މީހުން، ދެވަނަ ޑޯޒް: 302 މީހުން. ޖުމްލަ 635 މީހުން
- ފިނޭ: ފުރަތަމަ ޑޯޒް: 325 މީހުން، ދެވަނަ ޑޯޒް: 277 މީހުން. ޖުމްލަ 602 މީހުން
- ހިިރިމަރަދޫ: ފުރަތަމަ ޑޯޒް: 258 މީހުން ދެވަނަ ޑޯޒް: 208 މީހުން. ޖުމްލަ 466 މީހުން

ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ރާއްޖޭގައި ދިން ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް ޖުމްލަ 10،802 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް 5،433 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. އެއަށްފަހު ދޭންފެށި ސިނޮޕާމް ވެކްސިންގެ ފުރަތަމަ ޑޯޒް 1،908 މީހަކު ފުރިހަމަކުރިއިރު ދެވަނަ ޑޯޒް 1،930 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

މިހާރު ދެމުން ގެންދާ އެސްޓާޒެނެކާގެ ފުރަތަމަ ޑޯޒް 1،133 މީހަކު ފުރިހަމަކޮށްފައިވާއިރު ދެވަނަ ޑޯޒްގެ ގޮތުގައި މި ވެކްސިން 4891 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް 2،155 މީހުން ފުރިހަމަކޮށްފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 44 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355