twitterviber whatsapp telegramfacebookyoutube instagram
17th June 2026

ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކިކޮށްފި

ޚަދީޖާ އާދަމް
Aug 30, 2021
1

މިިދިޔަ އަހަރު މާޗުމަހުގެ 18 ވަނަ ދުވަހު ހއ ފިއްލަދޫ އިހްތިސާސްގެ ތެރޭގައި ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާފައިވާ ދައްޕަރު އެރަށުގެ އިހްތިސާސްގެ ތެރެއިން ވަކިކޮށްފި އެވެ.

ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރެއްވިކަން އަންގާފައިވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގަ އެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ވެސް ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިޒޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް ފަހުން އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީއެވެ.

އެރަށު ކައުންސިލްގެ ރައީސް "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ފަޅު ރަށްތައް އިހްތިސާސްގެ ތެރޭގައި ނުހިމެނިގެން ބައެއް ރަށްރަށުން އުޅޭ އިރު ފިއްލަދޫގެ ބައެއް އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނެންވީ ސަބަބެއް ނެތް ކަމަށާއި އެތަން އަތުލި އިރު ކައުންސިލުން ގެންދިޔައީ ވެސް އެތަނުން މަންފާ ލިބޭނެ ގޮތްތަކެއް ހޯދައި ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355