twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Aug 30, 2021

އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަަލާތް ކުރުމާ އެފަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އަމަލު ކުރުމުގެ އުސޫލުތައް ކަނޑައަޅައި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް ތަރައްގީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި އެ ނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަަލާތް ކުރުމާއި އެފަދަ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރިއްޔާއިން މުއާމަލާތް ކުރުމާއި އަމަލު ކުރުމުގެ އުސޫލުތައް ކަނޑައެޅުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގުސަދެއް ކަމަށެވެ.

ބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތް ހިމެނޭ ގޮތަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ އެވެ. ނަމަވެސް ގާނޫނެއްގެ ދަށުން ރެގިއުލޭޓް ކޮށްފައިވާ އެކްސްޗޭންޖެއްގައި ހިނގާ މުއާމަލާތްތަކާއި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކާއި ބޭންކްތަކުގައި ހިނގާ ޕޭމަންޓް ސިސްޓަމްތަކާއި ބޭންކްތަކުގެ މެދުގައި ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމާއި ސެކިއުރިޓީޒާއި ފައިނޭންޝިއަލް ސިސްޓަމްތަކުގެ މައްޗަށް މި ގާނޫނެއް ނުހިނގާނެ އެވެ.

މީގެ އިތުރުން ޑޭޓާ މެސެޖުގެ ގޮތުގައި ހިމެނޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް އެ ގާނޫނު ހިނގާނެ އެވެ. އަދި ޑޭޓާ މެސެޖަކަށް ވީތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަތުބީގު ކޮށްގެން ނުވާނެ އެވެ. އަދި ޑޭޓާ މެސެޖެއްގެ ސިފައިގައިވާ މައުލޫމާތަށް ދޭން ޖެހޭ ހެކީގެ ބުރަދަން ކަނޑައެޅުމުގައި އަމަލު ކުރާނީ ހެއްކާ ބެހޭ ގާނޫނުގެ މަތިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355