twitterviber whatsapp telegramfacebookyoutube instagram
6th May 2024

ތަހުގީގަށް ސިއްރު ކެމެރާ ހަރުކުރެވޭ ގަވާއިދެއް އެކުލަވާލައިފި

މުޙައްމަދު އަހުމަދު
Aug 31, 2021
1

މައްސަލައެއް ތަހުގީގުކުރާއިރު ތުހުމަތު ކުރެވޭ މީހާއަށް ނޭނގި، އޭނާ ދިރިއުޅޭ ގޭގައި ނުވަތަ އޭނާ ދުއްވާ އުޅަނދެއްގައި ކެމެރާއެއް ހަރުކޮށްގެން މައްސަލަ ބަލާ ތަހުގީގުކުރެވޭނެ ކަމަށް ކަނޑައަޅައި ގަވާއިދެއް އެކުލަވާލައި ހޯމް މިނިސްޓްރީން އިއްޔެ އެގަވައިދު ގެޒެޓްކޮށްފި އެވެ.

މިގަވައިދަކީ ތަހުގީގުކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރުމުގެ ގަވާއިދެކެވެ. ވަކި މީހަކު ކުރާ ކަންތައްތަކާއި ބައްދަލުވާ މީހުންނާއި، ދާ ތަންތަން ދެނެގަތުމަށް އެމީހާ މޮނީޓާރ ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނާއިރު ވަކި މީހަކު ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުންކުރާ އުޅަނދެއްގައި އޭނާ ދައްކާ ވާހަކަތައް އަޑުއެހުމަށް ނޫނީ އޭނާ ކުރާ ކަންތައްތައް ބެލުމަށްވެސް ކެމެރާ ހަރުކުރެވޭނެ އެވެ.

މިގަވާއިދުގެ ދަށުން ތުހުމަތުކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އެ ގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުތަކުން ތަހުގީގަށް މައުލޫމާތު ހޯދޭއިރު މުއާސަލާތީ ހިދުމަތްތައް ބޭނުންކޮށްގެން އޭނާ ހިންގާ މުއާމަލާތްތައް ބަލައިގެން ވެސް ތަހުގީގު ކުރެވޭނެ އެވެ.

ޕާސޯނާ އުކުޅުވެސް ބޭނުންކުރެވޭނެ ކަމަށް ގަވާއިދު ބުނާއިރު ވަކި ބާވަތެއްގެ ކުށަކާ ގުޅިގެން ހާއްސަ ތަހުގީގީ އުކުޅެއް ބޭނުންކުރުން ގާނޫނަކުން ހުއްދަކޮށްފައިވާ ހާލަތުގައި އެފަދަ ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހާ އެކަން ކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިން އޮޕަރޭޝަން ހިންގޭނެ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ތަހުގީގުކުރާއިރު މި އުކުޅުތައް ބޭނުންކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށާއި އެގޮތުން ޕޮލިސް ކޮމިޝަނަރަށް، އެސިސްޓެންޓް ކޮމިޝަނަރަށް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކަށް ހުއްދަ ދެވޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355