twitterviber whatsapp telegramfacebookyoutube instagram
21st September 2026

ދިޕިކާ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި، މި ފަހަރު ރޮމޭންޓިކް ކޮމެޑީއަކަށް

ޚަދީޖާ އާދަމް
Aug 31, 2021

ދިޕިކާ ޕަޑުކޯންގެ އަލަތު ހޮލީވުޑް ޕްރޮޖެކްޓް ތްރިޕަލް އެކްސް: ރިޓާން އޮފް ޒެންޑާރ ކޭޖް ގައި މަސައްކަތް ކުރިތާ 4 އަހަރުފަހުން އަނެއްކާވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ހަބަރުތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިފަހަރު އޭނާ ސޮއިކޮށްފައިވަނީ ކްރޮސް ކަލްޗަރަލް ރޮމޭންޓިކް ކޮމެޑީއަކަށެވެ. މިއީ އެރޮސް އެސްޓީއެކްސް ގްލޯބަލް ކޯޕަރޭޝަންގެ ޑިވިޝަނެއްކަމަށްވާ އެސްޓީއެކްސް ފިލްމްސްގެ ޕްރޮޖެކްޓެކެވެ.

އެގޮތުން މި ފިލްމުގެ ބަތަލާގެ ބައި ކުޅޭނީ ދިޕިކާއެވެ. އަދި އޭނާގެ ޕްރޮޑަކްޝަން ކޮމްޕެނީ ކާ ޕްރޮޑަކްޝަންގެ ދަށުން މި ފިލްމުގެ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ދިޕިކާ ހަރަކާތްތެރިވާނެ އެވެ.

އެސްޓީއެކްސް ފިލްމްސްގެ ޕްރޮޑިއުޝަރ އެޑަމް ފޮގެލްސަން ވަނީ ދިޕިކާއާއެކު މަސައްކަތްކޮށްލަން ލިބުމުން އުފާވާކަމަށްބުނެފައެވެ.

ފިލްމު އިއުލާންކުރި ނަމަވެސް އަދި މިހާތަނަށް ފިލްމުގެ ނަމެއް އަދި ފިލްމު ޝޫޓިންވެސް ފެށޭނެ ވަކި ތާރީހެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293