twitterviber whatsapp telegramfacebookyoutube instagram
12th February 2026

މެންޗެސްޓަރ ޔުނައިޓެޑާއެކު ރޮނާލްޑޯ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު އަހުމަދު
Aug 31, 2021

ކުރިން ޔުވެންޓަސް އަދި ރެއާލް މެޑްރިޑަށް ކުޅުނު ޕޯޗުގަލްގެ ފޯވާޑް އަދި ދުނިޔެދުށް އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ކުރިސްޓިއާނޯ ރޮނާލްޑޯ އޭނާ މަޝްހޫރުވި ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔުނައިޓެޑުން ރޮނާލްޑޯއަށް 15 މިލިއަން ޔޫރޯ ދައްކާފައިވާއިރު އެޑްއޮންސްގެ ގޮތުގައި އިތުރު 8 މިލިއަން ޔޫރޯ ދައްކާނެކަމަށް ބެލެވެ އެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބޭނުންނަމަ އިތުރު އަހަރަކަށް އެއްބަސްވުން އާކުރެވޭ ގޮތަށެވެ.

"
"މެންޗެސްޓަރ ޔުނައިޓެޑަކީ އަބަދުވެސް އަހަރެންގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާ ކުލަބެއް"
ދުނިޔެދުށް އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ކުރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ފުރަތަމަ ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެކުލަބަށް ކުޅުނު 292 މެޗުގައި 118 ގޯލު ޖަހާފަ އެވެ. އެޓީމާއެކު އޭނާ ވަނީ 9 ތަށި ހިއްލާލާފަ އެވެ. އޭގެތެރޭގައި 3 ޕްރިމިއާ ލީގާއި 1 ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ޝޯލްޝެއާ ބުނީ ރޮނާލްޑޯ އަބަދުވެސް އަހަރެމެން އިމްޕްރެސްކުރާނެ ކަމަށާއި އޭނާގެ ތަޖުރިބާ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިންމުވާނެ ކަމަށެވެ. އަދި އޭނާ ބުނީ ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން ވަރަށް ރަނގަޅު އިންސާނެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355