twitterviber whatsapp telegramfacebookyoutube instagram
29th August 2026

ވެކްސިން ފުރިހަމަ ކުރި ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Aug 31, 2021

ސްކޫލުތަކުގެ ބެލެނިވެރިން ކޮވިޑް ވެކްސިން ފުރިހަމަކުރުމުން ދޫކުރަން ނިންމާފައިވާ ގްރީން ކާޑުތައް ދޫކުރަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބައެއް އޮންލައިން ނޫސްތަކަށް ވިދާޅުވީ މިއަދުން ފެށިގެން ކާޑު ދޫކުރުމުގެ މަސައްކަތް ފެށިފައިވާކަމަށާއި އަންނަ ހަފްތާގައި ކާޑުތައް ދޫކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ކާޑު ދޫކުރާނީ މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެންކަމަށް މިނިސްޓްރީން ބުންޏެވެ. ބެލެނިވެރިންނަށް ކާޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތައް މެދުވެރިކޮށް ސްކޫލްތަކުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުންނެވެ.

ގްރީން ކާޑު ދޫކުރަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދޫކުރާ ވެކްސިން ކާޑު ސްކޫލުތަކަށް ހުށަހެޅުމުންނެވެ.

އަދި މާލޭގެ ގިނަ ސްކޫލްތަކަކުން ކާޑު ދޫކުރުމަށް ފަށާފައިވާއިރު ވަރަށް އަވަހަށް އަތޮޅުތެރޭގެ ސްކޫލްތަކުން ވެސް ބެލެނިވެރިންނަށް ގްރީން ކާޑު ލިބޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ސްކޫލުތަކުގެ ބެެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފެށިއިރު މާދަމާއިން ފެށިގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ފަރާތަކަށް ސްކޫލުތަކުގެ ގޯތި ތެރެއިން ވަނުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355