twitterviber whatsapp telegramfacebookyoutube instagram
1st November 2025

ނޮޅިވަރަމްގައި ކޮމިއުނިޓީ ސްޕްރެޑެއް، ޕޮޒިޓިވްވި އަދަދު 63 އަރައިފި

ޚަދީޖާ އާދަމް
Sep 1, 2021

ހދ ނޮޅިވަރަމުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ކޮމިއުނިޓީ ސްޕެރަޑަކަށް ގޮސްފިއެވެ. އެރަށުގައި ޕޮޒިޓިވް ކޭސް ފެނުނުތާ 4 ދުވަސްވެފައިވާއިރު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 63 އަރާފައެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކޭއާރުއެޗްގެ އޮފިޝަލަކުވެސް އަދި ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ ޝާފިއު މުހައްމަދުވެސް ވިދާޅުވީ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެރަށުން 29 މީހަކު ޕޮޒިޓިވްވެފައިވާއިރު އިއްޔެ 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާރުވެސް ޕޮޒިޓިވްވާ ގިނަ ކޭސްތަކަކީ ކުޑަކުދިންގެ ކޭސްތަކެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ މިހާރު ފެންނަމުންދާ ކޭސްތަކަކީ ޕޮޒިޓިވްވި ފަރާތްތަކާއި ގުޅުން ހުރި މީހުންގެ ކޭސްތައް ކަމަށައި މި ދެދުވަހުގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް ރޭންޑަމް ސާމްޕަލްތައް ނަގާ ހިސާބުން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މި ކޭސްތަކާއި ގުޅިގެން އެރަށުގެ 67 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން ނޮޅިވަރަމް ކްލަސްޓާއާއި ގުޅުންހުރި ފަރާތެއް ޕޮޒިޓިވްވެ ނޮޅިވަރަމްފަރުވެސް ވަނީ އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355