twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަނުކުރާ މުވައްޒަފުން ޕީސީއާރާއި ނުލައި ވަޒީފާއަށް ނުނެރުމަށް އަންގައިފި

ޚަދީޖާ އާދަމް
Sep 1, 2021

ކޮވިޑުން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ނަމަ ޕީސީއާރް ހަދައިގެން ނޫނީ ވަޒީފާއަށް ނުނެރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު، ވިޔަފާރިތަކުން މިއަދުން ފެށިގެން ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެންގުން ހިމެނެއެވެ.

އޭގެ އިތުރުން އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ. ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދިނުމަށް މިއަދު ވަނީ އަންގާފައެވެ. ކުރިން ނިންމާފައި އޮތީ ވެކްސިންގެ ދެޑޯޒް ނުޖަހާނަމަ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ދީގެން ނުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355