ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް އަދިވެސް ނުނިމޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ގްރޭޑްތަކަށް ބޭނުންވާ ފޮތްތަކުގެ ހާޑް ކޮޕީ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި އެހެންނަމަވެސް ބައެއް ރަށްރަށަށް އަދިވެސް ފޮތްތައް ނުފޮނުވޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ފޮތްތައް ނުފޮނުވި ހުރީ ފޮތްތައް ގެންދާނެ ގޮތެއް ނެތިގެންކަމަށާއި އެހެންނަމަވެސް އެހެންނަމަވެސް ގިނަ ސްކޫލްތަކަށް މިހާރު ފޮތްތައް ފޮނުވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާޑް ކޮޕީތައް ނެތް ނަމަވެސް ހުރިހާ ގްރޭޑެއްގެ ކުދިންނަށްވެސް އެ ފޮތްތަކުގެ ސޮފްޓް ކޮޕީ ދީފައިވާނެ ކަމަށާއި ހާޑް ކޮޕީ ނެތަސް ކިޔެވުން ނުހުއްޓޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.