twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޑިޕާއިގެ ދެގޯލާއެކު ވޯލްޑްކަޕް ކޮލިފައިންގައި ނެދަލޭންޑްސްއަށް ބޮޑު މޮޅެއް

މުޙައްމަދު އަހުމަދު
Sep 5, 2021

މޮންޓަނެގްރޯއާ ދެކޮޅަށް މެމްފިސް ޑިޕާއި ޖަހައިދިން ދެގޯލާއެކު ވޯލްޑްކަޕް ކޮލިފައިންގައި ނެދަލޭންޑްސް މުހިންމު މޮޅެއް ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ނެދަލޭންޑްސްއަށް ކާމިޔާބުކޮށްދިނީ ޑިޕާއި އެވެ. މިލަނޑު ކާމިޔާބުކޮށްފައިވަނީ ޑުސާން ލަގަޓޯ ޑިޕާއިއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ ދެވަނަ ލަނޑުވެސް ނެދަލޭންޑްސްއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ކަނޑުޖެހި ޑިޕާއި އެވެ.މިއީ ގައުމީ ޓީމަށް ޑިޕާއި ޖަހައިދިން 30 ވަނަ ލަނޑެވެ. މިލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 62 ވަނަ މިނެޓުގަ އެވެ. މިއާއެކު އެންމެފަހުން އޭނާ ކުޅުނު 9 މެޗުން 9 ލަނޑުޖަހާފަ އެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ޖޯޖީނިއޯ ވައިނާލްޑަމް ވަނީ ނެދަލޭންޑްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ނެދަލޭންޑްސްގެ ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޕީއެސްވީ އެއިންދްހޯވަންއަށް ކުޅޭ ކޯޑީ ގަކްޕޯ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިއީ މިމެޗުގައި ފެނިގެންދިޔަ އެންމެ ރީތި ލަނޑެވެ.

މިމޮޅާއެކު ނެދަލޭންޑްސް ވަނީ ގްރޫޕް ޖީގެ ދެވަނައަށް ޖެހިލާފަ އެވެ. އެޓީމަށްވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތީ ތުރުކީ އެވެ. އަންނަ އަންގާރަދުވަހު ތުރުކީއާ ދެކޮޅަށް ނެދަލޭންޑްސް ނުކުންނާނެ އެވެ.

މިއީ އެގައުމުގެ ކޯޗުކަމާ ތިންވަނަފަހަރަށް ހަވާލުވި ލުއީ ވެން ހާލް އެޓީމާއެކު ހޯދި ފުރަތަމަ މޮޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355