twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޑަޗް ގްރޭންޑް ޕްރިކްސް: ހެމިލްޓަންއާއި ވާސްޓެޕަން އަލުން ވާދަކުރާނެ ބާ؟

މުޙައްމަދު އަހުމަދު
Sep 5, 2021

ޑަޗް ގްރޭންޑް ޕްރިކްސްގައި މިއަދު ލުވިސް ހެމިލްޓަންއާއި މެކްސް ވާސްޓެޕަން ވާދަކުރާނެ އެވެ. މިރޭސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހައެއް ޖަހާއިރު ސާކަޓް ޒެންޑްވޫޓް ޓްރެކްގަ އެވެ.

ޖުލައިމަހު ބޭއްވި ސިލްވަސްޓޯންގައި ވެސް މިދެރޭސްޖެހުންތެރިން ވަނީ ވާދަކޮށްފަ އެވެ. އެރޭސް ނިމުނީ އާންމުންގެ ހޫނު ބަހުސަކުންނެވެ. ހާފް ލެޕްގެ މިފޯރިގަދަ ވާދަވެރި ރޭސް ނިމުނީ ކޮޕްސް ކޯނަރުގައި ދެމީހުން ޖެހިގެންނެވެ. މެޗު ދޫކޮށްލައި ވަސްޓެޕަން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ އެކްސިޑެންޓުގެ ސަބަބުކަމަށް ހެމިލްޓަންވެ 10 ސިކުންތުގެ ޕެނަލްޓީއެއް ދިންނަމަވެސް އޭނާ ވަނީ އިތުރަށް ކުރިއަށްގޮސް މޮޅުވެފަ އެވެ. ސިލްވަސްޓޯންއަށް ވުރެ މިފަހަރު ޒެންޑަވޫޓްގެ މާހައުލު މާ ވާދަވެރިވާނެ ކަމަށް ބެލެވެ އެވެ.

ބްރިޓެއިންގައި ބަލަންއެއްވެ ތިބި ގިނަމީހުން ސަޕޯޓްކުރީ ހެމިލްޓަން އަށެވެ. ނަމަވެސް މިފަހަރު މީ ވާސްޓެޕަންގެ ފަހަރެވެ. އޯވާރޓޭކް ކުރުމަކީ މިއަދު އުދަނގޫކަމަކަށް ވާނެ އެވެ. ޓްރެކް ޕޮޒިޝަން އަކީ މިފަހަރުގެ މޮޅުގެ ތަޅުދަނޑިކަމެއް މިއަދު އެނގިގެންދާނެ އެވެ.

މިރޭހުގެ ކުރިން ވާސްޓެޕަން ބުނީ ވާގޮތެއް ބުނެދޭނީ ވަގުތުކަމަށެވެ. ޑްރައިވަރުން އެންމެ ބޮޑަށް މަސައްކަތްކުރާނީ އެމީހުންނަށް ހެދުނު އެންމެ ރަނގަޅު ސްޓާޓިންއެއް ހަދާށެވެ. ހެމިލްޓަން ވެސް ބުނީ އިތުރުކުރާނެ މާކަ ގިނަ އެއްޗެއްސެއް ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355