އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި އެވެ. އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުކުރީގެ ވަގުތެއްގައި އެވެ.
އެކަމަނާއަށް ބަނދަރުމަތިން މަރުހަބާ ދެންނެވީ ކުޅުދުއްފުށީ މޭޔަރާއި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނެވެ.
އެކަމަނާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. އަދި މި ބައްދަލުވުމުގެ ރަށުގެ ތަރައްގީގެ ޕްލޭންއާ ބެހޭ މައުލޫމާތު އެކަމަނާއާ ވަނީ ހިއްސާ ކުރައްވާފައެވެ.
މިއީ ކުޅުދުއްފުށީގެ ތާރީހުގައި މި ލެވެލްގައި ޑިޕޮލޮމެޓިކަކު ވަޑައިގެންނެވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ.