twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުށް ފެނުނު ގްރޭޑް 1 އަދި 2 ގެ ޤުުރުއާން ފޮތަކީ 2015 އިން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް: މިނިސްޓަރު

ޚަދީޖާ އާދަމް
Sep 6, 2021

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށާއި އެގޮތުން ގްރޭޑް 1 އަދި 2 ގެ ޤުރުއާން ފޮތަކީ އެއްވެސް ބަދަލެއް ނުގެނެސް އެ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ފޮތެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގްރޭޑް 1 އަދި 2 ގެ ޤުުރުއާން ފޮތުގައި ހުރި ކުށްތައް މީގެ ކުރިން ސަމާލުކަމެއް އައިސްފައިނުވާކަމަށާއި ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ގުރޭޑް އެކެއްގެ ފޮތުގައި ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.

ފޮތްތައް ޗާޕްކުރިއިރު ޕްރޫފް ރީޑް ކުރި ކަމަށާއި އަދި އިސްލާމިކް މިނިސްޓްރީން ބެލުމަށްފަހު ފޮތްތައް ވަނީ ފާސްކޮށްފައި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްފާވަ އެވެ. މިހެން ދިމާވެފައި މިވަނީ މި ދެ މަރުހަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޮތްތަކުގައި ކުށްކުރި މައްސަލަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފާހަގަކުރެއްވިއިރު އެ ފޮތްތައް ބަލައި ޗެކް ކުރީ ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފޮތްތަކުން ކުށް ފެނުމަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ޤުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

ގްރޭޑް 1 އަދި 2 ގެ ފޮތަކީ 2015 ގެ ފޮތެއް ނަމަވެސް ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

ކުށް ފެނިފައިވާ ފޮތްތަކުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތީ ކީއްވެގެންކަމާއި އެކަމުގައި އިހުމާލުވެފައިވަނީ ކޮންބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރި ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355