twitterviber whatsapp telegramfacebookyoutube instagram
18th May 2024

"ގައުމެއް އެކަށް ޑްރައިވަރެއްގެ ފަހަތުގައި އޮވެ މިއުސޫލުން މޮޅެއް ހޯދިތަން އަހަރެން ދުވަހަކުވެސް ނުދެކެން"

މުޙައްމަދު އަހުމަދު
Sep 6, 2021

ލުވިސް ހެމިލްޓަން ބަލިކޮށް ޑަޗް ގްރޭންޑް ޕްރިކްސްގެ ޗެމްޕިއަންކަން ބެލްޖިއަން-ޑަޗް ޑްރައިވަރު މެކްސް ވާސްޓެޕަން ހޯދައިފި އެވެ.

ޑަޗް ގްރޭންޑް ޕްރިކްސް އަކީ އެއްގޮތަކުން ބުނާނަމަ މެކްސް ވާސްޓެޕަން މެދުގައި ބަހައްޓައިގެން ކުރިއަށް ގެންދިޔަ 4 ދުވަހުގެ ބީޗް ޕާޓީ އެކެވެ. މެކްސް ވާސްޓެޕަންގެ ފޭނުން ނަށާ ހަޅޭލަވާ އޭނާއަށް ސަޕޯޓުކުރިއިރު އޭނާ ވަނީ އަރާމުކަމާއެކު ހަމަޖެހިލައިގެން ރޭހުގެ އެއްވަނަ ހޯދާފަ އެވެ.

މުޅި ގައުމެއް އެކަށް ޒެންޑަވޫޓްގައި މެކްސްގެ ކާމިޔާބަށް އެދެމުން ދިޔަ އެވެ. ނެދަލޭންޑްގެ ކިންގް ވެސް މިރޭސް ބަލަން ހާޒިރުވެފައިވެ އެވެ. ނަމަވެސް މެކްސްގެ މައްޗަށް އޮތީ ކިހާވަރެއްގެ ޕްރެޝަރެއްކަން އެނގޭނީ ހުދު އޭނާއަށެވެ.

23 އަހަރުގެ މެކްސް ވާސްޓެޕަން ރޭސްތައް މިވީކެންޑްގައި ޖަހަމުން އައީ އެއްވެސް މިސްޓޭކެއް ނަހަދަ ވަރަށް ފުރިހަމައަށެވެ. އަދި އާދިއްތަ ދުވަހު ހަވީރު ގްރޭންޑް ޕްރިކްސްގެ ފައިނަލުގައި 65000 ފޭނުންގެ ކުރިމަތީގައި އޭނާވަނީ އެއްވަނަ ހާސިލުކޮށްފަ އެވެ.

ރެޑްބުލް ޓީމުގެ ޕްރިންސިޕަލް ކްރިސްޓިއަން ހޯނާރ ބުނީ މިހަފްތާ ބަންދުގައި މެކްސް ޕާފޮމެންސް ވަރަށް ފުރިހަމަ އެވެ. ސާކެޓްގެ ތެރޭގައި ދުއްވާލިނަމަ ކޮންމެ ގެއަކުހެން ވާސްޓެޕަންގެ ދިދަތައް ހުއްޓާ ކޮންމެ މީހަކަށްވެސް ފެންނާނެ އެވެ. އޭނާއަށް އޮތް ސަޕޯޓް ވަރަށް ބޮޑުކަމަށާއި ދުވަހަކުވެސް ޑްރައިވަރެއްގެ ފަހަތުގައި ގައުމެއް މިއުސޫލުން އޮއްވާ އޭނާ ދުވަހަކުވެސް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

މެކްސް ވާސްޓެޕަން ގާތުން އިވެންޓަށްފަހު ފޯކަސް ކުރަން އުދަނގޫތޯ ކުރި ސުވާލަކަށް އޭނާ ބުނެފައިވަނީ އަހަރެން އަބަދުވެސް ވަރަށް ފޯކްސްޑްކަމަށާއި ޑްރައިވިންއަށް ފޯކަސްކުރަން ޖެހޭނެކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި ކާރަށް އެރުމަށްފަހު ހަމައެކަނި ކުރަން އުޅޭ މަސައްކަތަށް ފޯކަސްކޮށްގެން ތިބޭހާ ޕްރޮފެޝަނަލް ކަމަށްވެސް މެކްސްވަނީ ބުނެފަ އެވެ.

ލުވިސް ހެމިލްޓަން ވަނީ މެކްސްއަށް ލިބިފައި އޮތް ފައިދާ ކުޑަކުރުމަށް އޭނާއަށް ކުރެވުން ހުރިހާ މަސައްކަތެއްކޮށްފަ އެވެ. ނަމަވެސް އޭނާއާ އޭނާގެ މާސިޑީސްގައި މިފަހަރުގެ ރޭހުގައި އެހާ ޕޭސްއެއް ނުހިފެހެއްޓުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355