twitterviber whatsapp telegramfacebookyoutube instagram
28th March 2024

އާންމު ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކޭއާރުއެޗަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި

ނަބީލާ އިސްމާޢީލް
Sep 6, 2021

އާންމު އެކި ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް އެހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

މިއަދު ކޭއާރުއެޗުން ނެރުނު ނޫސްބަޔާނުގައި ބުނީ އާންމު ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް ހޮސްޕިޓަލަށް ނިސްބަތްކޮށް، ސޯޝަލް މީޑިޔާ އަދި އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކައަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދެކެވެމުންދާ ވާހަކައެއް ނޫންކަމާއި އަދި އެ ވާހަކަތަކަކީ އަސްލާއިހިލާފު ދޮގު ވާހަކަތަކެއްކަން އެ ހޮސްޕިޓަލުން ކަށަވަރު ކޮށްދޭ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ ފަހުގެ ތާރީހެއްގައި އެހޮސްޕިޓަލުގައި ފޮރިން ބޮޑީ ރިމޫވަލްގެ ސާރޖަރީއެއް ކުރިޔަށް ގެންދެވިފައި ނުވާނެކަމަށެވެ.

ބަލިމީހުންގެ ތަފްސީލީ ސިއްހީ އަދި ޒާތީ މައުލޫމާތު، ސިއްހީ ފަރުވާ ދޭ ފަރާތެއްގެ ހައިސިއްޔަތުން ހިއްސާ ކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ވީހިނދު، މި ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ މައުލޫމާތު އާންމު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް އެހޮސްޕިޓަލުން ބުންޏެވެ.

އަދި އާންމު ފަރުދުންނާއި ބެހޭގޮތުން ދައްކަމުން ގެންދާ އަސްލާއި ހިލާފު މިފަދަ ވާހަކަތައް ހޮސްޕިޓަލުގެ ފަރާތުން ކުށްވެރި ކުރާ ކަމުގައި އެ ބަޔާނުގައި ބުނެއެވެ.

ހޮސްޕިޓަލުން ބުނީ ރައްޔިތުން އަރިހުން އެދެނީ، މީސް މީޑިޔާ އަދި އެހެނިހެން ގޮތަކުން ވެސް ތިމާ ފޯރުކޮށްދޭ މައުލޫމާތަކީ ރައްކާތެރި ތެދު މައުލޫމާތުކަން ކަށަވަރު ކުރުންކަމަށާއި އަދި މި ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އަނެކާއަށް ދިމާވެދާނެ ގެއްލުމާއި އުނދަގޫތަކަށް ވިސްނާ، އެފަދަ ކަންކަމުން އެކަހެރިވުމަށް އިލްތިމާސް ކުރާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355