twitterviber whatsapp telegramfacebookyoutube instagram
19th May 2024

ނޮޅިވަރަމުގެ ހާލަތު ގޯސް، ކާފިއު ވަގުތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Sep 7, 2021
1

ހދ. ނޮޅިވަރަމުގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން އެރަށުގައި ކާފިއުގެ ވަގުތު އިތުރު ކޮށްފި އެވެ.

ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރ މުހައްމަދު މުސްތޮފާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާފިއު ވަގުތަށް ބަދަލު ގެނެވިފައިވަނީ ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމުން އެރަށުގެ ހާލަތަށްބަލާފައި ކަމަށެވެ.

މިގޮތުން 07 ސެޕްޓެމްބަރ 2021 އިން ފެށިގެން ހަވީރު 16:00 އިން ހެނދުނު 06:00 އަށް އެ ރަށުގައި ކާފިއު ހިންގުމަށް ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފައެވެ

އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު ކޮންމެ ދުވަހަކުވެސް އަންނަނީ ރެންޑަމް ސާމްޕަލްވެސް ނަގަމުންނެވެ. އެގޮތުން އިއްޔެ ނެގުނު 60 ސާމްޕަލްގެ ތެރެއިން 20 ސާމްޕަލެއް ޕޮޒިޓިވްވެ ކޮވިޑް އެކްޓިވް ކޭހުގެ އަދަދު ވަނީ 180 އަށް އަރާފަ އެވެ.

ހަލުވިކަމާއެކު ރަށުގައި ކޮވިޑް ފެތުރެމުން އަންނަ އިރު ބަލިމީހުން އުފުލާނެ އަދި ރެންޑަމް ސާމްޕަލް ނެގުމަށްވެސް ސިއްހީމަރުކަޒުގައި އެމްބިއުލާންސެއް ނެތްކަން މުސްތަފާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ 3000 އާ ގާތްކުރާ ބޮޑު އާބާދީއެއް އޮތް އެ ރަށުގައި އެވަރު ބޮޑު ބަލިމަޑުކަމަކާއި ހަނގުރާމަ ކުރަމުން އަންނައިރު ބަލިމީހުން އުފުލަމުން ދަނީ އަދިވެސް ރަށު ޕިކަޕް ތަކުގަޔާއި ޕިކަޕް ތަކުގަޔާއި ސައިކަލް ތަކުގައި ކަމަށެވެ.

އަދި ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްތައް ނެގުމަށް މަރުކަޒުގެ މުވައްޒަފުން ދަތުރުކުރަން ޖެހިފައިވަނީ މުވައްޒަފުންގެ އަމިއްލަ ސައިކަލްތަކުގަ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމުގަ އެވެ.

މިހާތަނަށް ޖުމްލަ 687 ސާމްޕަލް ނެގިފައިވާއިރު 180 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަކަމަށާއި މީގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭއިރު 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ ކަމަށް މުސްތޮފާ ވިދާޅުވި އެވެ.

މިދިއަ އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެރަށުގައި ދިރިއުޅޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ 2 ޑޯޒު ހަމަކުރެވިފައިވާއިރު ރަށު ކޮވިޑް ކޭސްތަކާ ގުޅިގެން މިހާތަނަށް 127 ގެއެއް ވަނީ ކަރަންޓީންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355