ޔޫއެސް އޯޕަންސްގައި ބްރިޓިޝްގެ ޒުވާން ކުޅުންތެރިޔާ އެމާ ރަޑުކާނޫ އަތުން ބަލިވެ އެމެރިކާގެ ޝެލްބީ ރޮޖާސް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ.
ދުނިޔޭގެ ރޭންކިން 43 ވަނައިގައި އޮތް އުމުރުން 43 އަހަރުގެ ޝެލްބީ ބަލިކޮށް ބްރިޓިޝްގެ އެމާ ސެޓުތައް ގެންދިޔައީ 6 - 2 އަދި 6 - 1 ންނެވެ.
"އަހަރެންނަށް މިފަހަރު 9 މިލިއަނަށްވުރެން ގިނަ މަރުގެ އިންޒާރު އަންނާނެކަމަށް ބެލެވޭ. އަހަރެންގެ ކެރިއަރުގެ މިހިސާބުގައި އެފަދަ ކަންކަމަށް ހުރީ އާދަވެފައި." ޝެލްބީ ރޮޖާސް ބުންޏެވެ.
އޭނާ ބުނީ ސޯޝަލް މީޑިއާ ވުޖޫދަށް ނައިނަމައޭ ފާޑަކަށް އުއްމީދުކުރެވޭ ކަމަށެވެ. ރޮޖާއާ އެއްކޮށް އެމެރިކާ ތަމްސީލުކުރާ ސްލޮއޭން ސްޓީފަންވެސް ވަނީ ތިންވަނަ ރައުންޑްގައި އެންޖެލީކް ކާބާރ އަތުންވީ ބައްޔާއެކު ކުރިމަތިވި ސައިބަރ ބުލީއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ސްޓީފަންސް ބުނީ އޭނާއަށް 2000 އަށްވުރެގިނަ ބުލީގެ މެސެޖުތައް އައިކަމަށެވެ. އޭގެތެރޭގައި ރޭސިސްޓް އަދި ސެކްސިސްޓް ކޮމެންޓްތައްވެސް ހިމެނެ އެވެ. އަދި އޭގެ މިސާލުތަކެއް އޭނާވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
ޝެލްބީ ރޮޖާސް ބުނީ އޭނާގެ ޕްރޮފައިލް ބަލާލުމުން އަހަރެންނަށް ކިޔާފައި ހުރި އެއްޗެހި އެނގޭނެ ކަމަށާއި އަހަރެންނަކީ "ފެޓް ޕިގް" މިފަދަ އެތައް އެއްޗެއްސެއް ބޭނުންކޮށްގެން ބުލީކޮށްފައި އެބަހުރި ކަމަށެވެ.
ރޮޖާސް ވަނީ ތިންވަނަ ރައުންޑްގައި ދުނިޔޭގެ އެއްވަނަ އޭޝްލީ ބާރޓީ މުބާރާތުން ކަޓުވާލާފަ އެވެ.