twitterviber whatsapp telegramfacebookyoutube instagram
1st May 2025
ރައްޔިތުން މަޖިލީހުންގެ އިއްޔެ ޖަލްސާގައި ވަނީ އަތޮޅު ކައުންސިލްތަކުގެ ނައިބުންނަށް އިތުރު އެލަވެންސް ދޭން ނިންމާފަ-- ފޮޓޯ: މަޖިލިސް

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ އެލަވެންސް އިތުރުކޮށްފި

ޚަދީޖާ އާދަމް
Sep 9, 2021

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް އިތުރު އެލަވެންސް ދޭން މަޖިލީހުން ފާސްކޮށްފި އެވެ.

ނައިބު ރައީސުންނަށް އިތުރު އެލަވަންސެއް ދޭން މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ. އެ އެލަވަންސް ދޭން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

އަތޮޅުތަކުގެ ނައިބު ރައީސުންނަށް އެލަވަންސް އިތުރު ކުރަން މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ހިމެނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމަށް ފާސްވުމާ އެކު، ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔާތްތައް މުރާޖައާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން މީގެ ކުރިން މަޖިލީހަށް ފޮނުވި ރިޕޯޓަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވުމުންނެވެ.

މަޖިލީހުން ފާސް ކުރި ރިޕޯޓުގައި ވަނީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް ދޭން މިހާރު ކަނޑައަޅާފައިވާ މުސާރަ އާއި ލިވިން އެލަވަންސް އަދި ސިޓިން އެލަވަންސްގެ އިތުރުން، ވަކި އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ދިނުމަށެވެ.

އެ އެލަވަންސް ދިނުމާ ބެހޭ ރިޕޯޓު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com