twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިތުރު 14 މީހުން ޕޮޒިޓިވްވެ ނޮޅިވަރަމްގެ އަދަދު 216 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Sep 9, 2021

ހދ. ނޮޅިވަރަމްގައި އަންނަނީ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންނެވެ. އެރަށުން މިއަދުވެސް އިތުރު 14 މީހުން އެ ބައްޔަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭހުގެ އަދަދު 216 އަށް އަރައިފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ނޮޅިވަރަންގައި ހިންގާފައިވާ ކާފިއުގެ ވަގުތުވަނީ ހަވީރު 04:00 އިން ހެނދުނު 06:00 އަށް އިތުރުކޮށްފައެވެ. ކޮވިޑްއާ ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރ މުހައްމަދު މުސްތޮފާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ދިރިއުޅޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ 2 ޑޯޒު ހަމަކުރެވިފަ ކަމަށެވެ. އެ ރަށުގައި 132ގެ ވަނީ ބަލީގެ ސަބަބުން ކަރަންޓީންކުރެވިފަ އެވެ.

ނޮޅިވަރަމް ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އެރަށު ސިއްހީ މަރުކަޒުގެ އިންސާނީ ވަސީލަތްތައްވެސް ވަރަށް ދަށްކަމުގައި ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރ ވިދާޅުވި އެވެ. އެގޮތުން ހަލުވިކަމާއެކު ރަށުގައި ކޮވިޑް ފެތުރެމުން އަންނަ އިރު ބަލިމީހުން އުފުލާނެ އަދި ރެންޑަމް ސާމްޕަލް ނެގުމަށްވެސް ސިއްހީމަރުކަޒުގައި އެމްބިއުލާންސެއް ނެތްކަން މުސްތަފާ ފާހަގަކުރެއްވި އެވެ.

ނޮޅިވަރަމް ދާއިރާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ކުއްލި މައްސަލައަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިދިއަ އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެރަށޫގައި ހަލުވިކަމާއިއެކު ބަލި ފެތުރި އިންތިހާއަށް ހާލަތުގޯސްވެ، ރައްޔިތުން ގޭގައި ބަންދުވެފައިވާ މި ދަނޑިވަޅުގައި އަވަށްޓެރި ތަށްތަކުން އެރަށަށް އަންނަނީ ގިނައަދެއްގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355