twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ނޮޅިވަރަމަށް އެހީވުމަށް ނެއްލައިދޫ ޖަމްޢިއްޔާއަކުންވެސް ނުކުމެއްޖެ

Sep 9, 2021

ހދ. ނޮޅިވަރަމުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ނެއްލައިދޫއިން ނޮޅިވަރަމްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހދ.ނެއްލައިދޫ އެމްޕަވަމަންޓް އެންޑް ރިކްރިއޭޝަނަލް ޔުނިޓީ (ނެރު ޖަމްއިއްޔާ) އިން ފަށައިފިއެވެ.

އެގޮތުން ނޮޅިވަރަމަށް އެހީގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ބޭނުންވާ ފަރާތެއް ވާނަމަ، މާދަމާ ތަކެތި ނަގާގޮތަށް ހަމަ ޖެހިފައިވާކަމަށް ނެރު ޖަމިއްޔާއިން ބުނެއެވެ.

ތަކެތި ހަވާލު ކުރާނީ ހެނދުނު 08:00ން 10:00، މެނދުރުފަހު 14:00 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށް އެ ޖަމްއިއްޔާގެ އިދާރާ ފުރުއްމާގެ އަށެވެ.

އެހީގެ ގޮތުގައި ކާނާގެ ބާވަތްތަކާއި، ކާޑުގެ ބާވަތްތަކާއި، މާސްކް، ފެން ދެވިދާނެކަމަށާއި ތަކެތި ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެރަށަށް މީގެކުރިން ކުޅުދުއްފުށީގެ ދެ ވިޔަފާރީއަކުން ވެސް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފި އެވެ. މަސް ހަދިޔާކޮށްފައިވަނީ އެޑްމޭން އަދި ފަރިރީތިންނެވެ. އަދި މިއަދު ހިރިމަރަދޫ ކައުންސިލާއި ޑަބުލިޔު ޑީސީގެ އިތުރުން ކުލަބް ޖަމިއްޔާ ޖަމާއަތްތަކާއި އެރަށުގެ ރައްޔިތުންގެ ފަރާތުންވެސް ނޮޅިވަރަމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ނެއްލައިދޫ އެމްޕަވަރމަންޓް އެންޑް ރިކްރިއޭޝަނަލް ޔުނިޓީ (ނެރު) ޖަމްޢިއްޔާ އަކީ، ހދ ނެއްލައިދޫ އަށް ނިސްބަތްވާ މަދަނީ ޖަމްޢިއްޔާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293