twitterviber whatsapp telegramfacebookyoutube instagram
12th April 2025

ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 ޕްރީއޯޑަރަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 10, 2021

ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު "ގެލެކްސީ ޒީ ފޯލްޑް3 5ޖީ" ގެ ޕްރީ އޯޑަރަށް މިއަދު ދިރާގުން ހުޅުވާލައިފި އެވެ.

މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ އެވެ. ބޮޑު ސްކްރީނަކުން ފެށިގެން، ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަރ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓްކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރ ކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭއިރު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355