twitterviber whatsapp telegramfacebookyoutube instagram
31st May 2026

އިސްލާމް އަދި ގުރުއާން ފޮތުން ކުށެއް ފާހަގަވެއްޖެނަމަ އެންގުމަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Sep 10, 2021
1

ދަރިވަރުން މިހާރު ބޭނުންކުރަމުން އަންނަ އިސްލާމާއި ގުރުއާން ފޮތުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން އަންގަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލުތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެފަދަ ކުށެއް ފާހަގަވެއްޖެނަމަ ފޮތަކާއި ސޮފްހާ އެނގޭގޮތަށް [email protected] އަށް އީމެއިލްކުރަން އެދޭ ކަމަށެވެ.

ގްރޭޑް އެކެއް، ދޭއް، އަދި 10 އަކާއި 12 އިގެ ފޮތްތަކުގައި ޤުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި އޮޅުން އަރާފައިވާތީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން މަރުހަލާ ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމިޓީއެއް ވެސް އެޑިޔުކޭޝަން މިނިސްޓްރީ ވަނީ އުފައްދާފަ އެވެ.

ކުދިންގެ ފޮތްތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފޮތްތައް ނެގުމަށްފަހު މައްސަލަ ޖެހުނު އާޔަތްތައް ރަނގަޅު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ވެސް ފޮނުވާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ޤުރުއާން އާޔަތްތައް ޗާޕް ކުރުމުގައި ކުށެއް ޖެހުނު މައްސަލަ ފެންމަތިވެފައިވާތީ، އެފަދަ ކަންކަން ދިމާވިޔަ ނުދޭން މިނިސްޓްރީ ތެރެއިން ހަރުދަނާ ކުރަންޖެހޭ ކަންކަން މިހާރު ވެސް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355