twitterviber whatsapp telegramfacebookyoutube instagram
3rd April 2026

1999 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫއެސް އޯޕަންސްގެ ފައިނަލުގައި ދެޒުވާނުން ވާދަކުރަނީ

މުޙައްމަދު އަހުމަދު
Sep 11, 2021

1999 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫއެސް އޯޕަންސްގެ ފައިނަލުގައި ދެޒުވާނުން ވާދަކުރަން ޖެހިއްޖެ އެވެ.

އެންމެފަހުން ޔޫއެސް އޯޕަންސްގެ ފައިނަލުގައި ދެޒުވާނުން ވާދަކުރީ 1999 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުގައި ސެރީނާ ވިލިއަމްސް ވަނީ މާޓިން ހިނގިސް ބަލިކޮށް އެފަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ 150 ވަނައިގައި އޮތް ކުޅުންތެރިޔަކާ 73 ވަނައިގައި އޮތް ކުޅުންތެރިއަކު މިފަހަރުގެ ޔޫއެސް އޯޕަންސްގެ ފައިނަލުގައި ވާދަކުރުމަކީ އެކަކުވެސް ކުރިން ހީކޮށްފަ އޮތް ކަމެއް ނޫނެވެ.

ކޮލިފައިންގެ ތިން ރައުންޑް އެންމެ ސެޓެއްވެސް ވައްޓައި ނުލައި މިހާ ހިސާބަށް އައި އެމާ ރަޑުކާނޫ (18އ) އަކީ ކޮލިފަޔަރއެއް ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ލޭލާ ފަނާންޑޭޒް (19އ) މިހާ ހިސާބަށް އައީ ދުނިޔޭގެ ރޭންކިން އެންމެ ކުރީގައި ތިބި އެތައް ކުޅުންތެރިންނެއް ބަލިކޮށްގެންނެވެ. އޭގެތެރޭގައި އެންމެފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ނައޯމީ އޮސާކާ، 5 ވަނައިގައި އޮތް އެލީނާ ސްވިޓޮލީނާ، ދުނިޔޭގެ ދެވަނަ އަރީނާ ސަބަލެންކާ އަދި ތިންފަހަރަށް ގްރޭްޑް ސްލޭމްގެ ޗެމްޕިއަން އެންޖެލީކް ކާރބާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355