twitterviber whatsapp telegramfacebookyoutube instagram
20th February 2026

ރަކުލްގެ "ޗަތުރީވާލީ" ކެންސަލް ކޮށްފި

Sep 12, 2021

އަރަމުން އަންނަ ތަރި ރަކުލް ޕްރީތް ސިންގް ސޮއިކޮށްފައިވާ ކޮމެޑީ ފިލްމު "ޗަތުރީވާލީ" ކެންސަލް ކޮށްފި އެވެ.

ފިލްމު ލިބުމާއެކު ރަކުލް ކުރި ޕޯސްޓްތަކެއްގައި ބުނެފައިވަނީ ފިލްމު ލިބުމުން ވަރަށް އުފާވެފައިވާކަމަށާއި މިއީ މިހާތަނަށް އޭނާއަށް ކުޅެން ލިބުނު އެންމެ ތަފާތު ރޯލުކަމަށެވެ. ރަކުލް ބުނިގޮތުގައި ފިލްމު ލިބުމާއެކު އެ ރޯލަށް އޭނާ ވަގުތުން އެއްބަސް ވި ކަމަށެވެ.

ނަމަވެސް މި ފިލްމު މިހާރުވަނީ ނުހަދަން ނިންމާފައެވެ. މި ޕްރޮޖެކްޓް ކެންސަލްވި ސަަބަބު އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު ބައެއް ހަބަރުތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ފިލްމު ނުހަދަން ނިންމީ ފިލްމު ވާހަކައިގެ ސަބަބުންނެވެ.

ފިލްމުގެ ރަކުލް ކުޅެނީ ކޮންޑަމް ޓެސްޓް ކުރާ މީހެއްގެ ރޯލެވެ. މި ފިލްމުގެ މަގުސަދަކީ އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ. ނަމަވެސް މި ވާހަކައަށް މީހުން ޝައުގުވެރި ނުވާނެކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ރަކުލް މި ވަގުތު ހުރީ "ސިންޑްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ. މި ފިލްމުގައި އޭނާ ފެންނާނީ އަކްޝޭ ކުމާރާއެކުއެވެ. ރަކުލް އެންމެ ފަހުން ނިންމާލާފައިވަނީ އަޔުޝްމާނާއެކު ފެނިގެންދާނެ ފިލްމު "ޑޮކްޓަރު ޖީ"ގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355