twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޮނާލްޑޯގެ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ މަޔޯރގާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފި

މުޙައްމަދު އަހުމަދު
Sep 12, 2021

ރޮނާލްޑޯ އެނބުރި އޯލްޑް ޓެރަފޯޑަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ ކެތްރީން މަޔޯރގާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ "ބިލީވް ކެތްރީން މަޔޯރގާ" ޖަހާފައިވާ ބެނާއެއް ހަރުކޮށްގެން ދަނޑުމަތިން މަތިންދާބޯޓެއް ވަނީ ދުއްވާފަ އެވެ.

މިކަން ކުރި ދަ ލެވެލް އަޕް ފެމިނިސްޓް ގްރޫޕުން ބުނީ އެކަން ކުރީ ދަނޑަށް އެއްވެތިބި މީހުންނަށް ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކުގެ މަތިން ހަނދާންކޮށްދިނުމަށް ކަމަށެވެ.

ކެތްރީން މަޔޯރގާ ވަނީ ލާސް ވޭގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރު ރޮނާލްޑޯ އޭނާ ރޭޕްކުރިކަމަށް ބުނެ އޭނާގެ ބޮލުގައި ތުހުމަތު އަޅުވާފަ އެވެ.

2019 ވަނަ އަހަރު ޔޫއެސްގެ ޕުރޮސެކިއުޓަރުން ބުނެފައިވަނީ ރޮނާލްޑޯވަނީ ތުހުމަތަށް އިންކާރުކޮށްފައި ކަމަށާއި އަދި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލާނެ ކަމަށެވެ.

އިއްޔެ ނިއުކާސަލް ޔުނައިޓެޑާ މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ފެށިތާ އިރުކޮޅެއްނުވެ "ބިލީވް ކެތްރީން މަޔޯރގާ" ޖަހާފައިވާ ބެނާއެއް ހަރުކޮށްގެން ދަނޑުމަތިން މަތިންދާބޯޓެއް ވަނީ ދުއްވާފަ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ އެނބުރި އައިސް 2 ލަނޑު ޖަހާފަ އެވެ. އެމެޗު ނިމުނީ 4 - 1 މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެގެންނެވެ.

ރިޕޯޓުތައް ބުނާގޮތުން 2010 ވަނަ އަހަރު ކެތްރީން މަޔޯރގާ ވަނީ ރޮނާލްޑޯއާއެކު ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މިއެއްބަސްވުމުގައި ރޮނާލްޑޯ ވަނީ މަޔޯރގާއަށް 375000 ޑޮލަރު އެތުހުމަތުތައް މީޑީއާއަށް ތިލަނުކުރުމަށް މަޔޯރގާއަށް ދީފައިކަމަށް ހަބަރުތަކުން ރިޕޯޓުކުރެ އެވެ.

މި އެގްރީމެންޓަކީ އެއްވެސް ހާލަތެއްގައި ކުށަށް އިއުތިރާފުވުމެއް ނޫންކަމަށް ތަކުރާރުކޮށް ރޮނާލްޑޯގެ ވަކީލުން ބުނެފައިވެ އެވެ. ރޮނާލްޑޯ އެގޮތަށް ކަންތައް ކޮށްފައިވަނީ އޭނާއަށް ކުރެވެމުންދާ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ހުއްޓުވުމަށް ކަމަށެވެ. އަދި އެކަންތައް އެގޮތަށް ކުރަމުންދަނީ އޭނާގެ ބުރަ މަސައްކަތުން ހޯދާފައިވާ އިހްތިރާމް ވެއްޔަށް ހަދަން ކަމަށްވެސް ބުނެފައިވެ އެވެ.

މިތުހުމަތު ތަހުގީގުކުރި ލާސް ވޭގަސް ފުލުހުން ބުނެފައިވަނީ ސާބިތު ހެއްކެއް އެމައްސަލައިގައި ރޮނާލްޑޯއާ ދެކޮޅަށް ހުށަހެޅިފައިނުވާ ކަމަށާއި އޭނާއަށް މިމައްސަލައިގައި ދައުވާއެއް ނުކުރާނެ ކަމަށެވެ.

ރޮނާލްޑޯވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355