twitterviber whatsapp telegramfacebookyoutube instagram
10th August 2026

319،080 މީހުން ވެކްސިން ފުރިހަމަ ކޮށްފި

ޚަދީޖާ އާދަމް
Sep 13, 2021

ރާއްޖޭން މިހާތަނަށް 319،080 މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހޮނިހިރު ދުވަހު 4،051 ވެކްސިން ފުރިހަމަ ކޮށްފައި ވެއެވެ. އަދި 477 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

ވެކްސިން ފުރިހަމަކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިންޖެހި 2،372 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 1،679 މީހުންނެވެ.

ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 185 މީހުންނެވެ. އަދި އަތޮޅުތެރެއިން 292 މީހުންނެވެ. އެއާއެކު 388،776 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355