twitterviber whatsapp telegramfacebookyoutube instagram
12th March 2026

ގައިދީގެ މަރުގެ މައްސަލަ މަޖިލީހަށް ހުށައަޅައިފި

Sep 14, 2021

ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ރޭ މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށައަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

މެމްބަރު ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ރޭ މަރުވީ ތިން އަަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އަސްލަމްގެ މަރުގެ މައްސަލައިގައި އިހުމާލު ވެފައިވާ ކަަމަށް ބެެލެވޭ ކަމަށެވެ. އޭނާ މަރުވިކަން ސިއްރު ކުރި ކަމަށް އާއިލާއިން ބުނާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ރޭ މަރުވީ ގދ. ވާދޫ / ޖަނަވަރީގޭ، މުހައްމަދު އަސްލަމް 40، އެވެ. އޭނާ މަރުވީ އިއްޔެ ޖަލުގެ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355