twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީން ލިޕްޒީގް ކޮޅަށް 6 ލަނޑު ޖަހައިފި

މުޙައްމަދު އަހުމަދު
Sep 16, 2021

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި މެންޗެސްޓަރ ސިޓީން އާރބީ ލިޕްޒީގާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ލިޕްޒީގް ކޮޅަށް 6 ލަނޑު ޖަހައިފި އެވެ.

އަމިއްލަ ދަނޑުގައި ލިޕްޒީގާ ދެކޮޅަށް ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިމެޗުގައި 9 ލަނޑު ފެނިގެންދިޔައިރު މެޗު ނިމުނީ 6 - 3 ން ސިޓީ މޮޅުވެގެންނެވެ.

މެޗުގައި ސިޓީގެ ގޯލުތައް ޖެހީ ރިޔާދު މާރޭޒް، ނޭތަން އަކޭ، ޖެކް ގްރީލިޝް، ޔޮއާއޯ ކަންސޭލޯ އާއި ގަބްރިއެލް ޖީސޫސްގެ އިތުރުން ލައިޕްޒިގުގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ގޯލެއް ވެސް ހިމެނެ އެވެ.

ލިޕްޒީގްގެ ކްރިސްޓޮފާ އެންކުންކޫ ވަނީ މިމެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. މި ހެޓްރިކާއެކު އޭނާ ވެގެންދާނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ލިޕްޒީގުގެ ފުރަތަމަ ކުޅުންތެރިޔާގެ އިތުރުން ޗެމްޕިއަންސް ލީގުގައި ސިޓީ ކޮޅަށް ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންތެރިޔާ އަށެވެ.

މިގްރޫޕްގެ އަނެއް މެޗުގައިބައްދަލުކުރީ ޕީއެސްޖީއާއި ކުލަބް ބުރޫޖެވެ. ޗެމްޕިއަންސް ލީގުގައި މެސީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗަށް މިމެޗު ވެގެން ދިޔައިރު މެޗު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭގެ އެސިސްޓަކުން އެންޑަ ހެރޭރާ އެވެ. މިލަނޑު އޭނާ ޖެހީ މެޗުގެ 15 ވަނަ މިނެޓުގަ އެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބްރޫޖަށް އެއްވަރުކޮށްދިނީ ހަންސް ވަނަކެން އެވެ. މެޗުގައި ޕީއެސްޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ ފަހު ކޮޅުގައި އޭރިއާތެރެއިން މެސީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355