twitterviber whatsapp telegramfacebookyoutube instagram
20th August 2025

އިޓަލީގައި ދިވެއްސަކު މަރާލި މައްސަލަ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި

ނަބީލާ އިސްމާޢީލް
Sep 18, 2021

އިޓަލީގައި ދިވެއްސަކު މަރާލި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިޓަލީގައި މަރާލާފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ މަހުމޫދު އިމާދެވެ. އެމީހާއަށް އެކިވަރުގެ އަނިޔާކޮށް، ދަންޖައްސައި މަރާލާފައިވާ ކަމަށް މީޑިއާތައް ބުނިނަމަވެސް މިކަން އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މަހުމޫދު އިމާދަކީ އިޓަލީގެ މީހަކާ ކައިވެނިކޮށްގެން އިޓަލީގައި ދިރިއުޅެމުންދާ މީހެކެވެ. ނަމަވެސް އޭނާގެ އަންހެނުންނާއި ބަފައިބެ މިވަގުތު ތިބީ ނޮޅިވަރަންފަރުގައި ކަމަށްވެސް މީޑިއާތަށް ބުނެއެވެ.

އަދި އިމާދުގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް މިހާރު ލިބިފައިވާކަމަށާއި މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ. އޭނާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމެއް ވާނަމަ އެ އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355