twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ޒިޔާރަތްކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 19, 2021

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް އެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެކުދިންގެ ކަންބޮޑުވުންތައް ނައިބު ރައީސް އޮޅުންފިލުއްވިއެވެ.

އެމަނިކުފާނުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު އަލީއާއި، ޖެންޑަރމިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ފިޔަވަށްޗަށް ޒިޔާރަތްކުރެއްވީ ފާއިތުވި ތިން ދުވަހު ވެސް އެތަނުގެ ހާލަތު ގޯސްވަމުން ގޮސް ފިޔަވަތީގައި ކުދިން ހަމަނުޖެހުން ހިންގާ އެކަން ވަރަށް ބޮޑަށް ފެންމަތިވުމާއެކުއެވެ.

ފިޔަވަތީގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެތަނުގައި ދިރިއުޅޭ ކުއްޖެއްގެ މަންމަ ކަމަށް ބުނެ، އަންހެނަކު ވަނީ ފިޔަވައްޗަށް ވަންނަން މަސައްކަތް ވެސް ކޮށްފައެވެ.

އެއާއެކު ޖެންޑާ މިނިސްޓްރީގެ ޓީމަކާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޓީމަކުން ދަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން އިތުރަށް ކަންކަން ތަހުގީގުކުރަމުންނެވެެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސްގެ ޓީމަކުން ދަނީ މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355