twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަޅު ހެދުމުގައި އޮފީހަށް ވަޑައިގެންނެވި ހަމައެކަނި މެމްބަރަކީ މަޖީދާ!

މުޙައްމަދު އަހުމަދު
Sep 19, 2021
7

ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ އިންތިހާ ދަރަޖައިގެ މުސާރައިގައި ތަފާތުކުރުމުގެ މައްސަލާގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި މިއަދު ވަޒީފާއަށް ނުކުތްއިރު ސިޓީ ކައުންސިލް މެމްބަރުންގެ ތެރެއިން ކަޅު ހެދުމުގައި އޮފީހަށް ވަޑައިގެންނެވީ މެމްބަރަކީ ހަމައެކަނި އާމިނަތު މަޖީދާ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިވިލް ސާވެންޓުންވެސް ވަޒީފާއަށް މިއަދު ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

އެގޮތުން ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ހޮސްޕިޓަލާއި ސްކޫލުތަކުގެ އިތުރުން އެހެން ބައެއް އިދާރާތަކުގެ ސިވިލް ސާވެންޓް ކަޅު ހެދުމުގައި ނިކުތްކަން ފާހަގަކުރެވެ އެވެ.

މަޖީދާ އާއްމުކޮށް ފާހަގަކުރެވެނީ "ކަލާފުލްކޮށް" ހެދުން ތުރުކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ. އެހެންނަމަވެސް އޭނާ މިއަދު ވަޑައިގެންނެވީ ކަޅު ހެދުމެއްގައި އެވެ.

މަޖީދާ ކަޅު ހެދުމުގައި ވަޑައިގެންނެވި ނަމަވެސް މޭޔަރާއި ޑެޕިއުޓީ މޭޔަރާއި އަދި އެހެން މެމްބަރުންވެސް ވަޑައިގެންނެވީ ކަޅު ހެދުމެއްގައި ނޫނެވެ. އެގޮތުން މޭޔަރު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދުވެސް ހުރީ ހުދުކުލައިގެ ގަމީހެއްގަ އެވެ. މީގެ އިތުރުން މެމްބަރު އަހްމަދާއި މުހައްމަދު ވެސް ލައިގެން ހުރީ ހުދު ގަމީހެކެވެ.

މެމްބަރު ރިލްވާން ހުރީ ކްރީމް ކުލަ ކަހަލަ ކުލައެއްގެ ގަމީހެއްގަ އެވެ. އަދި މެމްބަރު އާތިފާވެސް ވަޑައިގެންނެވީ ކަޅު ހެދުމެއްގައި ނޫނެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖްވެސް ވަޑައިގަތީ ކަޅު ގަމީހެއްގަ އެވެ. މިއަދު ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވެ ސިރާޖް ވަނީ ސިވިލް ސާވެންޓުންނާއެކު ތިބިކަން ހާމަކުރައްވާފަ އެވެ. އަދި ހދ އަތޮޅު ކައުންސިލް އިދާރާގެ ގިނަ މުވައްޒަފުންތަކެއްވެސް އޮފީހަށް ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނެފައިވަނީ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355