twitterviber whatsapp telegramfacebookyoutube instagram
25th November 2025

ކިތަމެއް ރީތިކޮށް ދައްކަން އުޅުނަސް ނުރުހިއްޖެނަމަ ހައްތަހާވެސް ފެންނާނީ އައިބު: މަޖީދާ

އަބްދުލް ވާހިދު ޙަސަން
Nov 25, 2025

ކިތަށްމެ ރަނގަޅު ކަމެއް ކުރިޔަސް ނުރުހިއްޖެނަމަ ހައްތަހާވެސް ފެންނާނީ އައިބުކަމުގައި ކުޅުދުއްފުށީ ސިޓީ މެންބަރު އައިމިނަތު މަޖީދާ ވިދާޅުވެއްޖެ އެވެ.

ހޯމަދުވަހު ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖީދާ ވިދާޅުވީ، މި ކައުންސިލުން ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި ހާއްސަކޮށް ރައްޔިތުން ހިތްހަމަޖައްސަން ނުކުމެ ތިބެލާނެ ގިނަ މައިޒާންތަކާއި ޕާރކްތައް ތަރައްގީކުރެވިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތްތައް ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކުންވެސް ގަބޫލުކޮށް އެތަންތަނުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިފަމުންދާކަން މަޖީދާ ފާހަގަކުރެއްވި އެވެ.

"
އެންމެން ގަބޫލުވާ ގޮތަކަށް [އެެއްވެސްކަމެއް ނުދާނެ]ކަންނޭނގޭ. ކިތަމެއް ރީތިކޮށް ދައްކަން އުޅުނަސް ނުފެންނަށް ލޮލަކަށް ނުފެންނާނެ. ނުރުހުމުގެ ލޮލަށް ފެންނާނީ ހައްތަހާވެސް އައިބު.ރުހުމުގެ ލޮލުން އައިބު ނުފެންނާނީ. އެއީ ކޮންމެ ބަޔަކު ކުރިޔަސް.
ކައުންސިލަރު މަޖީދާ ވިދާޅުވި އެވެ.

ކައުންސިލުން އެންމެ ފުރަތަމަ ތަރައްގީކުރި މައިޒާނަކީ ރަށްމަތިފަނުން ކަމަށާއި އެތަނުގެ ބޭނުން ރަށުގެ ހުރިހާ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކުންވެސް ހިފާކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އެއިން އެނގިގެންދަނީ އެ މަސައްކަތްތައް ރައްޔިތުން ބަލައިގަނެފައިވާ މިންވަރުކަމުގައިވެސް މަޖީދާ ވިދާޅުވި އެވެ.

ރަށްމަތިފަނުންގެ ކޮންސެޕްޓް ވަރަށް ގިނަ ކައުންސިލްތަކަށްވެސް ކަމުދިޔަ އެވެ. އަދި އެގޮތަށް ގިނަ ރަށްރަށުގައި މައިޒާންތައް ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

2017 ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލުކޮށްފައިވާ މަޖީދާ ވިދާޅުވީ، ޕާރކްތަކާއި މައިޒާންތައް ތަރައްގީކޮށް ނިންމާއިރު މިދައްކަނީ ކުޑަ ވާހަކައެއް ނޫން ކަމަށާއި ސަރުކާރަކުން ކުރަން ޖެހޭ ވަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ކައުންސިލަކުން ކޮށް، އެމަޝްރޫއެއް ނިންމާ ހުޅުވާއިރު އެކަން ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އެ ރަސްމިއްޔާތަކުން ރައްޔިތުން ހިތްހަމަޖެހޭ ކަހަލަ އުފާވެރި މަންޒަރެއްވެސް ފެންނަ ޖެހޭ ކަމުގައި މަޖީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެކަމެއްގައިވެސް ހުރިހާ ރައްޔިތުން ބޭނުންވާ ގޮތަށް ނުވެދާނެ ކަމަށާއި ނަމަވެސް ނުފެންނަށް ލޮލަކަށް ކިތަމެއް ރީތިކޮށް ދައްކަން އުޅުނަސް ނުފެންނާނެ ކަމަށެވެ.

"ހުރިހާ އެންމެން ގަބޫލުވާ ގޮތަކަށް ނޫންކަންނޭނގޭ (އެއްވެސްކަމެއް) ދާނީއެއް. ކިތަމެއް ރީތިކޮށް ދައްކަން އުޅުނަސް ނުފެންނަށް ލޮލަކަށް ނުފެންނާނެ .ނުރުހުމުގެ ލޮލަށް ފެންނާނީ ހައްތަހާވެސް އައިބު.ރުހުމުގެ ލޮލުން އައިބު ނުފެންނާނީ. އެއީ ކޮންމެ ބަޔަކު ކުރިޔަސް." ދެވަނަ ދައުރުގައިވެސް ކައުންސިލަރަކަށް އުޅުއްވި މަޖީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އާދައިގެ ކައުންސިލެއް ނޫން ކަމަށާއި ކުރާ މަސައްކަތަކީވެސް އާދައިގެ މަސައްކަތެއް ނޫން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355