twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ސުވާލެއް ނުކުރޭ: އަލީ ވަހީދު

ނަބީލާ އިސްމާޢީލް
Sep 21, 2021

މަޤާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު މިހެން ވިދާޅުވީ ޔޫކޭގެ ޖަލުން މިނިވަންވުމާއެކު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

އޭނާ ވިދާޅުވީ އެތައްބައެއްގެ ހައްގަކަށް އަރައިގަނެފައިވާ މީހެއްކަމުގައިވާނަމަ އޭނާއަށް ކުރެވޭ ތުހުމަތުތަކާއި، ކޮށްފައިވާ ކުށްތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެގެންޖެހޭ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް މިހާތަނަށް ހާމަވެފައި ނުވާ ކަމަށާއި ސަރުކާރުން މިހާތަނަށް ދައްކަމުންދާ ހުރިހާ ވާހަކަތަކަކީ ސިޔާސީ ވަކި މަގުސަދެއްގައި ދައްކަމުންދާ ވާހަކަތެއް ކަމަށެވެ.

އަދި މަގާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށާއި ޖުލައި 19 ވަނަ ދުވަހު އޭނާ ޕޮލިހަށް ގެންދިޔަ ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމަކާއި ގުޅިގެން ސުވާލެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެފަހުން އޭނާ ރާއްޖެ ވަޑައިނުގަންނަވަ އެވެ.

ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރުވެޑައިގެންނުގަނެ ހުއްޓާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ހިލާފުވެގެން އެޤައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ އިރު، އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355