twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ކޭއާރުއެޗަށް ހިތުގެ ޑޮކްޓަރެއް ލިބި ހިދުމަތް އަލުން ފަށައިފި

ނަބީލާ އިސްމާޢީލް
Sep 22, 2021
2

ޑޮކްޓަރެއް ނެތިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުކެނޑިފަ އޮންނަތާ 2 އަހަރާއި ގާތްވަނިކޮށް އެ ހޮސްޕިޓަލަށް ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ލިބި ހިދުމަތް ދޭން ފަށައިފި އެވެ.

ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން އެ ހިދުމަތް މެދުކެނޑިފައިވަނީ އެތަން ހުޅުވިތާ އެއްމަސް ނުވަނީހުން މިދިޔަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގަ އެވެ.

ކޭއާރުއެޗުގައި ކާޑިއެކް ސެންޓަރު ހުޅުވާފައިވަނީ 2019 ވަނައަހަރުގެ އޮކްޓޯބަރުމަހު 11 ވަނަ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނެވެ. ކާޑިއެކް ސެންޓަރު ހުޅުވިއިރު ހިތު ޑޮކްޓަރެއް ހުންނެވި އެވެ.

ކޭއާރުއެޗުން ބުދަ ދުވަހު ބުނީ ފާއިތުވި 10 މަހުގެ މަސައްކަތުން ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ލިބިފައިވާކަމަށާއި އެ ޑޮކްޓަރު މިހާރު ހިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އެހެންވުމުން ހިތުގެ ބަލީގެ ފަރުވާތައް އެ ހޮސްޕިޓަލުން ލިބޭނެކަމަށް ބުންޏެވެ.

އެ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރުގައި ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބެން ހުރެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ. ހދ . ށ ގެ އިތުރުން ކޮވިޑާއި ގުޅިގެން އެހެން އަތޮޅުތަކުންވެސް މާލެ ދިއުމުގެ ބަދަލުގައި ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. އެހެންކަމުން ކޭއާރުއެޗުން މި ހިދުމަތް ލިބުން ވެގެންދާނީ ވަރަށް ގިނަ ރައްޔިތުންނަށް ލިބޭ ލުއި ފަސޭހައަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355