twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރަން: ރައީސް

ނަބީލާ އިސްމާޢީލް
Sep 22, 2021

ޓެރަރިޒަމަކީ މިއަދު ވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އދ. ގެ 76 އާންމު މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމަށެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތްކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއްކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ރާއްޖެ ވެސް ސަލާމަތް ނުވިކަމަށެވެ.

މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ވެސް ފެތުރިގެން އައިސް މި ވަބާއިން ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ.

"ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި އަޅުގަނޑުމެން ޓެރަރިޒަމް ކުށްވެރިކުރަން. އަދި ބައިނަލްއަގްވާމީ މުޖުތަމައާއެކު ފުރިހަމައަށް އެއްބާރުލުންދީގެން މި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި، ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355