twitterviber whatsapp telegramfacebookyoutube instagram
1st November 2026

ދިވެހިން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު: ރައީސް

ނަބީލާ އިސްމާޢީލް
Sep 22, 2021

ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި އދ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމާއި ގުޅިގެން އެ ގައުމުން ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ފަލަސްތީނުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް ފަލަސްތީނު ސަރުކާރުން ވަނީ އުފަލާއެކު މަރުހަބާ ދަންނަވާފައެވެ.. އަދި އދގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ރައީސް ސާލިހުއަށް ލިބިވަޑައިގަތް ފުރުސަތުގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ނުހައްގު އަނިޔާތަކާއި ދެކޮޅަށް ވަކާލާތު ކުރެއްވީތީ ފަލަސްތީނުގެ ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަލަސްޠީނުގެ އިތުރުން އެމަނިކުފާނު ވަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން، އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ޖެހޭކަމުގައި ވިދާޅުވެ، މިކަން ކަށަވަރުކުރުމަށްޓަކައި އެޤައުމުގެ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293