twitterviber whatsapp telegramfacebookyoutube instagram
26th February 2026

"ކަރިޝްމާ" ކިޔާތީ ޕާޓީ އުފައްދަން އީސީން ހުއްދައެއް ނުދިން

ނަބީލާ އިސްމާޢީލް
Sep 23, 2021

"ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމައިފިއެވެ.

އެ ނަމުގައި ޕާޓީއެއް އުފައްދަން ހުށައެޅީ މ. ކެލަން، މުހައްމަދު އިސްމާއީލެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީއަށް ހުއްދަ ނުދިނުމަށް ނިންމައިފައިވަނީ އެ ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީއާއި ހުށަހަޅައިފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް އެ ކޮމިޝަނުން ނިންމައިފައިވާތީ ކަމަށެވެ.

އެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 2019 ވަނަ އަހަރު ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް ފަހުން މުހައްމަދު އިސްމާޢީލް ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355