twitterviber whatsapp telegramfacebookyoutube instagram
29th December 2025

އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސަކަށް އާތިފް

ނަބީލާ އިސްމާޢީލް
Sep 26, 2021
2

އިއްޔެ ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގެ އިންތިހާބުގައި އެޕާޓީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީ ކުޅުދުއްފުށީ ރައީސްކަން މޭޔަރު ކާމިޔާބުކޮށްފައިވަނީ ހުސައިން މުހައްމަދު ( ދެރަހަ ހުސެން) އާއި ވާދަކޮށްގެނެވެ.

އެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސްކަން ކާމިޔާބު ކުރީ އަކްރަމް މުހައްމަދެވެ. އަކްރަމް މި ދާއިރާގެ ރައީސްކަން ކާމިޔާބު ކުރިއިރު އޭނާއާއި ވާދަކޮށްފައިވަނީ އަލީ މުހައްމަދު (ދެރަހަ) އާއި އަބްދުލް ރަހްމާން (ކިނބިމާގެ) އެވެ.

މީގެ އިތުރުން ދެން އެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސްކަން ކާމިޔާބު ކުރީ އަބްދު ސަލާމް އާދަމް އެވެ. ސަލާމް މި ގޮނޑި ކާމިޔާބު ކުރެއްވީ އާދަމް އަލީ (ގަހާކޯޅި) އާއި ވާދަކޮގެނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355